ފުރާވަރުގައި ހިތާވެވުނީ މިހެން ކަންވާނެ ކަމަކަށް ނޫން
ކުރާ އާދޭސްތަކުން ދެވުނީ ތުރާތައް ދޭނެކަމަކަށް ނޫން
ފުރައިގެން މާލެއަށް މަ އައީ ހިތާމަތަކެއް ކުރާކަށް ނޫން
އަރައިރުންވެވި ދެހިތްތެޅިފޮޅި ދަރުދުޖައްސާނެކަމަކަށް ނޫން
މުރާދުނުވެވި ކަމުން ޙާޞިލް ހިތަށް އަނިޔާކުރާކަށް ނޫން
ގުރާމުގެ މިންވަރެއްނަމަވެސް ކުލުނު އުނިވާނެކަމަކަށް ނޫން
މެ ކަންކަމުގައި މަ ވީ އިޤުރާރު މިގޮތްގޮތަކަށް އުޅޭކަށް ނޫން
އެކަނިކޮށް ކަރުނައިން ތެންމާ މިއަދު ރޮއްވާނެކަމަކަށް ނޫން
ބަހާ ޢަމަލާ ދިމާނުވިޔަސް މިޖިސްމު ފަނާ ކުރާކަށް ނޫން
މިހާ ނިކަމެތި ސަޒާދީފައި ޙަޔާތް ބަނަވާނެކަމަކަށް ނޫން
ކޮބާނުކުރާ އިތުރުތަދަކީ؟ ކޮބާއަހަރެންގެ ބޮޑުކުށަކީ؟
ކޮބާހެ މިހެންމިވީގޮތަކީ؟ ސަބަބަކީ ފަހެނިކަން ބުނެދީ؟-














