ހީވި އަހަރެން މޭފަޅާ ހިތް ނުކުމެ ދިޔަހެން ބީވުމުން
ހީވި ހިތި ރަހަ ގަދަކަމުން އަރުތެރެ ބެދޭހެން ވަކިވުމުން
އާރަކުން ފެން ފައިބަމުންދާ ލޮލުގެ އެސްފިޔަ ނުޖެހުމުން
ނާރަކަށް ލޭ ހިނގުމަކަށް ދިރުމެއް ނެތޭ ހިތްދަތިވުމުން
ހިތުގެ ވިންދު ދުވެލިމަޑުވެ މިސްރާބު އޮޅިދާތީ ހަށިން
މިތުރުނަށް ނޭނގޭނެހެން ފޮރުވާހެދީ ސިއްރުން ރޮމުން
ކޮންމެ ނޭވާއެއް ދެނީ ދުކުތައް ތުރާތައް އިންތިހާ
އެންމެފަހަރަކުވެސް މަށެއް ލޯތްބެއް ނުވޭ ބުނެލީ ހެމުން
ދެރަވިޔަސް މާޔޫސްވިޔަސް ދިރިއުޅުމުގައި މިވަނީ ފިދާ
މީހެ ތަޤުދީރުގެ ނިޔާ ކުރެވޭ ހިތާ ގިސްލާ ރޮމުން
ފަސްއަޅާ ރައްކާކުރީ މާޒީގެ ޞަފްޙާތައް އެތާ
އަސްލު އަބަދަކުބޭނުމެއް ނުވެޔޭބަލަން މަންޒަރު ބިމުން
ބޭވަފާތެރިއެއްކަމަށް ނިންމާ ހިތުން ފުހެލާނަމޭ
ދޭ ވަޔާ އޭނާ ގޮވައިގެން އަހުރެނާ ދުރުކުރުވަމުން
ހިތް ތިބާ ދެކެ ފޫހިވީ ޙީލަތްހަދާ އޮޅުވާލުމުން
ހިތް ތިބާޔާ ދެކޮޅުވީ ވޭނީ ކަރުނަ ގިނަ އޮހޮރުމުން














