Search Streamline Icon: https://streamlinehq.com

ބާބެކިޔު ދާގަނޑު ހޯދައިދިން ފަރާތަކަށް ވަރަށް ޚާއްޞަ އިނާމެއް

Barbeque

ދުވަހަކީ ހޮނިހިރު ދުވަސް ކަަމަށްވާތީ، ރަށުގެ ފުއްޓަރު ފަރާތު ބީޗަށް އަހުރެމެންދިޔައީ، ކުޑަވަރެއްގެ ބާބެކިއުއެއް ހަދާލާ މޫދަށްއެރި މަޖާކޮށްލުމުގެ ބޭނުމުގަ އެވެ.

އެ ދުވަހުގެ ހުރިހާ ކަމެއްވެސް ދިޔައީ ހަމަ އަހަރެމެން ރޭވިގޮތަށެވެ. ބާބެކިއު ނިންމައިލުމަށްމަހު ބައިވެރިން ގެއަށް ދިޔައީ ވަރަށް ހިތްހަމަޖެހިގެންނެވެ. ކެއުމުގެ ކަންކަން ފުރިހަމަކަމުން, މީރުކަމުން ހުރިހައި ބައިވެރިންވެސް ތިބީ މިފަދަ ދެވަނަ ބާބެކިއުއެއްގެ އިންތިޒާރުގައެވެ.

ނަމަވެސް އެނބުރި ގެއަށް ދިއުމަށްފަހު ގެންދިޔަ ހުރިހާ ސާމާނެއް ހަމަތޯ ބަލައިލީމެވެ. ސަހަރޯއެވެ. ކަމަކުދާކަށް ނެތެވެ. ބާބެކިއު ހަދަން ބޭނުންކުރި ދާގަނޑު ހޯދަހޯދާ ފެންނަގޮތެއް ނުވިއެވެ. ދާނގަނޑު ގެއްލުނީ އެވެ.
އަހަރެން އަވަސްވެގަތީ އެ ދާގަނޑު ހޯދަންދިޔުމަށެވެ. ވަރަށް ބާރަށް ބައިސްކަލުގައި ގޮސް ފުއްޓަރު ފަރާތު ބަބެކިޔު ޕޮއިންޓް ޗެކުކުރީމެވެ.
އެ ދާނގަނޑެއް އެތާކުވެސް ނެތެވެ. ދާގަނޑަށް ވީގޮތެއްވެސް ނޭނގުނެވެ. ބާބެކިއު ހަދަން ދިޔަ ހުރިހައި ބައިވެރިންނާ ވަކިވަކިން ގުޅައި ދާގަނޑު ގެންދިޔައިންތޯ ސުވާލު ކުރީމެވެ. ނަމަވެސް ބައިވެރިންގެ ތެރެއިން އެކަކުވެސް އެ ދާގަނޑެއް ނުގެންދެއެވެ.

މިރަށު އެއްވެސް މީހަކުއަތުގައި މިދާގަނޑު އޮތްނަމަ އަހަރެމެންގެ ބާބެކިއު ޓީމް(މާއުނގޫދޫ ބާބެކިއުޓީމް)އަށް އަންގާލަ ދިނުން ވަރަށް އެދެމެވެ.

މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުމެން އަތުން ގެއްލިފައިވާ ބާބެކިއު ދާގަނޑު ހޯދައިދިން ފަރާތަކަށް އެއްމަސް ދުވަހު އަޅުގަނޑުމެން ބާއްވާ ހުރިހައި ބާބަކިއުއެއްގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމުގެ ޔަޤީންކަން އަރުވަމެވެ.

Leave a Reply

Your email address will not be published. Required fields are marked *