Search Streamline Icon: https://streamlinehq.com

ލޯބިވާ ދަރިފުޅާ

Inbound1537840761

ދަރިފުޅާއެކު ހީ އުޅުނު އެހަނދާން ވުމުން އުފަލެއްވެޔޭ
ދަރިފުޅާ ބައްދަލު ވުމަށް ބޭނުން ވެޔޭ ކެތްމަދުވެޔޭ

ފިކުރު ބޮޑުވޭ ހާދަހާ ދޫންޏާ މިއަދު ދުރުގައިވުމުން
މިކުރަމުންދާ ފުން އަސަރުތައް ބައްޕަ ހިތްދަތި ކުރުވަޔޭ

ޚަބަރު ހޯދޭ ރޭދުވާ އުއްމީދަކީ ތިޔަ ދަރިފުޅޭ
އަބަދުވެސް ތި ޚިޔާލުތައް ސިކުނޑީތެރޭ ފުނިޖެހިވެޔޭ

ވާށެވީ މޮޅު ކުއްޖަކަށް ޢަޒުމާއެކީ ކެތްތެރިވެގެން
ވާށެވީ ޘާބިތު ނިކަން ހިތްވަރުކުރޭ ފައިދާވެޔޭ

ކުނިވެގެން ފަސްގަނޑުދޮށަށްދިޔުމުގެކުރިން ބުނެލަން އިނގޭ
ދުުނިޔެކަންމީީ ދަނެ މިތާ ޢަަމަލުުން މެ ދައްކަންވާނެޔޭ

އުނިނުވާ ހެޔޮ ޢަމަލުގައި ފަސްނުޖެހި ވާށޭ ދަރިފުޅާ
ދުނިޔެ ދައްކާ ދަޅަތަކަށް ގޮސް ހެއްލިގެން ގެއްލުންވެޔޭ

ހިތުތެރޭގައި ފޮރުވިގެން ސިއްރުން މިކަން ރައްކާކުރޭ
ހިތުތެރޭން ދުވަހަކު މިކަން ނައްތާނުލައްޗޭ ބުނެވެޔޭ

ބައްޕަ ބުނިބަސް އަޑުއަހާ ދެގޮތެއްނުވައްޗޭ ދަރިފުޅާ
ބައްޕަ މިތަނުން ވަކިވެދިޔަޔަސް މިބުނިބަސް މަންފާވެޔޭ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *