ޢަރަބިން ވަޞިއްޔަތްކޮށް ބުނެއުޅެއެވެ:
”ހަ ވައްތަރެއްގެ އަންހެނުންނާ ތިޔަބައިމީހުން ކައިވެނި ނުކުރާށެވެ!
އެ ހަވައްތަރުގެ އަންހެނުންނަކީ އަންނާނާ، މަންނާނާ، ޙަންނާނާ، ޙައްދާޤާ، ބައްރާޤާ އަދި ޝައްދާޤާއާއެވެ.
01- އަންނާނާއަކީ: ކުކުރުމާއި ކުސްތެޅުމާއި، ޝަކުވާކުރުން ގިނަ، އިރުއިރުކޮޅުން ބޮލުގައި ބެންޑޭޖު އޮޅައިގެން އުޅޭ އަންހެނާއެވެ. ގޮވާލައެވެ: ’އަހަރެންގެ ބުރަކަށްޓޯއެވެ! އަހަރެންގެ ފަލަމަސްގަނޑޯއެވެ!‘ ބަލިގިނަ ނުވަތަ ބަލިވާކަމަށް ހެދިގެން އަބަދުއުޅޭ އަންހެނަކާ އިނުމުގައި ހެވެއް ނެތެވެ.
02- މަންނާނާއަކީ: އެކަނބުލޭގެ ފިރިމީހާއަށް ކަލަގޮވާ އަންހެނާއެވެ. އެގޮތުން ތިބާއަށްޓަކައި މިވެނި އެވެނި ކަމެއް އަހަރެން ކޮށްދިނީމޭ އަދި އަހަރެންގެ މިވެނި މުދަލެއް ދިނީމޭ ކިޔާފައި ގޮވަގޮވާހުރެއެވެ.
03- ޙަންނާނާއަކީ: އެކަނބުލޭގެ (ކުރިން އިން) އެހެން ފިރިހެނަކަށް ޝައުޤުވެރިވެ ލޯބިއާވާ އަންހެނާއެވެ. ނުވަތަ އެހެން ފިރިހެނަކަށް ލިބިފައިހުރި ދަރިޔަކަށް ލޯބިވުންބޮޑު، މަޝްޣޫލުވެގެންއުޅޭ އަންހެނާއެވެ.
04- ޙައްދާޤާއަކީ: ކަޅިއަޅާ ހުރިހާ އެއްޗަކާ ދިމާލަށް ބަލާ އަންހެނާއެވެ. ދެން އެއެއްޗަކަށް ހިތްކިޔާ، އެކަނބުލޭގެ ފިރިމީހާ ލައްވާ އެއެއްޗެއް ގަންނަން ޖައްސައެވެ. އެގޮތުން މިވެނި އަންހެނަކަށް އޭނާގެ ފިރިމީހާ މިވެނި ހެދުމަކާ ގަހަނާ ހޯދާދިނޭ ކިޔާ މަޖުބޫރުކުރެއެވެ. ނުވަތަ އެއީ ވަށްކަޅިން ފިރިހެނުންނަށް ބަލާ އަންހެނާއެވެ.
05- ބައްރާޤާގެ ދެމާނައެއްވެއެވެ:
ފުރަތަމައީ: ދުވާލު ހަތަރުދަމު އެކަނބުލޭގެ މޫނު އޮމާންކޮށް ޒީނަތްތެރިކޮށް، ބަލާލީމާ ތަރިބުރައިގެންދާ ފަދައިން ޗާލުކުރުމުގައި އުޅޭ އަންހެނާއެވެ.
ދެވަނައީ: ކާތަކެތީގެ މައްޗަށް ރުޅިއަންނަ އަންހެނާއެވެ. އެގޮތުން އެކަނބުލޭގެ އެކަނި އިނދެ ވަކިން ނޫނީ ނުކައެވެ. އަދި ކޮންމެ އެއްޗެއް ލިބޭއިރަށް ވެރިކޮށްލާ ބަގުޑިބައްދައެވެ.
06- ޝައްދާޤާއަކީ: އަނގަތެޅުވުން ބޮޑު، ވާހަކަތައް ގިނަ އަންހެނާއެވެ.“
ޤޫތުލް ޤުލޫބު، ރިޔާޟުއް ނުފޫސު، އިޙްޔާއު ޢުލޫމިއްދީން














