Search Streamline Icon: https://streamlinehq.com

އުރީދޫ އިން އަނެއްކާވެސް ޚާއްޞަ އޮފާތަކެއް

Ooredoo office

ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް ޚާއްޞަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ މިފަހަރު އުރީދޫ އިން ރައާރަފްކުރާ މި ޚާއްޞަ އޮފާ ތަކާއެކު 2 ޖޫން 2021 އިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ގޭގައި ތިބެގެން އާޢިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ޚިދުމަތްތައްވެސް ބޭނުންކުރުމުގައި ލުޔެއް ލިބިގެންދާނެ ކަމުގަ އެވެ.

އުރީދޫ އިން ބުނިގޮތުގައި މި އޮފާތައް އަލުން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް، ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތެއް ލިބުމަކީ މުހިންމުކަމެއްކަމުގައި ދެކިގެންނެވެ.

“ކޮވިޑް 19 ޕެންޑެމިކް ފެށުނީއްސުރެ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، މުޖުތަމައުއަށް އަދި އަޅުގަނޑުމެންގެ ޓީމަށްވެސް އުރީދޫ މޯލްޑިވްސްއިންދަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިއަދު އަޅުގަނޑުމެން އަނެއްކާވެސް އާ ރާޅަކާ ކުރިމަތިލަމުންދާ ހިނދު މި ލޯންޗު ކުރެވުނު ޚާއްޞަ އޮފަރތަކާއި އެކު އަޅުގަނޑުމެންގެ އުންމީދަކީ އެކަކު އަނެކަކާއި ގުޅުވާލަދީ ރައްކާތެރިކަމާއި އެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން.” އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

2 ޖޫން 2021 އިން ފެށިގެން ލިބިވަޑައިގަންނަވާ ޚާއްޞަ އޮފާތައް:

ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50އާއި ހަމައަށް އިތުރު ޑޭޓާ

ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30އާއި ހަމައަށް އިތުރު ޑޭޓާ

ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަންގަވާފަރާތްތަކަށް %200އާއި ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު ‘ވަރަށް ތަފާތު’، ‘އެކު ޕޯސްޓްޕެއިޑް’ އަދި ‘އާޗާ ޕޯސްޓްޕެއިޑް’ ގެންގުޅުއްވާ ފަރާތްތަކަށްވެސް ލިބިވަޑައިގަންނަވާނެއެވެ.

ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަންގަވާފަރާތްތަކަށް %50އާއި ހަމައަށް އިތުރު ޑޭޓާ

ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ޚާއްޞަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް %100އާއި ހަމައަށް އިތުރު ޑޭޓާ

2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބަރ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން

ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު ‘އެކު ޕޯސްޓްޕެއިޑް’، ‘ތަފާތު ޕޯސްޓްޕެއިޑް’ އަދި ‘އާޗާ ޕޯސްޓްޕެއިޑް’އަކަށްވެސް އަޕްގްރޭޑްކޮށްލެވޭނެއެވެ.

އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް 2 ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2ޖީބި ލިބިގެންދާނެ

މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަރ އާއިއެކު އުރީދޫ އެޕް މެދުވެރިކޮށް %100 އަށްވުރެ ގިނަ ޑޭޓާ

ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވުން

ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި ކުރިމަތިލުމަށް ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އުރީދޫން އެހީ ފޯރުކޮށްދީފައިއެވެ. އެގޮތުން ޕެންޑެމިކާއި ބެހޭ މައުލޫމާތް ފަތުރައި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށްޓަކައި، ދިވެހި ސަރުކާރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ކަމާއިގުޅޭ އެކި ފަރާތްތަކާއި ގުޅިގެން އުރީދޫ އިން ދަނީ މަސައްކަތްކުރަމުންނެވެ.

ގޭގައި ތިއްބަވައިގެންވެސް، އުރީދޫގެ ޚިދުމަތްތައް ފަސޭހަކަމާއި އެކު http://ore.do/godigital މެދުވެރިކޮށް ލިބިގެންދާނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި