“ދުލުންއެންމެފުރަތަމަ ނުކުތްލަފުޒު މަންމާ…“
…………………………………
ދުލުން އެންމެ ފުރަތަމަ ކިޔުނު ލަފުޒު މަންމާ
ކުލުނު ލޯބިދީ ފިރުމި ލޮބުވެތިވި މަންމާ
ރޮމުން މާބަނޑުން ފިރުކެވުނުއިރު އެ މަންމާ
ހެމުން އެންމެ އޯގާވެލީ ލޯބި މަންމާ
އުރައިގެން ކިހާގިނަ ވަޤުތު ހޭދަކޮށްލީ؟
ދުރަށް ތަންފުކެއްވެސް ނުދާނޭ އެ މަންމާ
އަތުން ބަތްސުވާ ކާންދެމުން ހީ ހަދާނޭ
އަތުން ކަންކަމޭ ކިޔައިދެނީ ލޯބި މަންމާ
ފިލާގައި ލިޔާނޭ ދޮލަނގުގައި ލިޔާނޭ
ފިލާވަޅުތަކެއް ބުނެދިނީ ހެޔޮ އެ މަންމާ
ނިކަން ބަސްއަހައިގެން އަބަދުވެސް އުޅެއްޗޭ
ނިކަންގަދަ އެހިތްވަރު ދިނީ ލޯބި މަންމާ
އޮތަސް ތަންމަތީގައި މިއަދު ބަލިވެ މަންމާ
އެތައް ޚިދުމަތެއްކޮށް ދިނީ ލޯބި މަންމާ
ކުރާ ހެޔޮ ދުޢާމީ އެ ލެއްވުން އަދައިގެން
ރަނގަޅު ޞިއްޙަތެއްގައި އުފަލުގައިި އެ މަންމާ
………………………………………………………………….
މި ލަވަ ކަމުދިޔަ ނަމަ fenvaru.mv ގެ އެފްބީ ޕޭޖް އަށް ލައިކް ކޮއްލަދެއްވާ














