ޗާލު ދޮންވެލި ތުނޑިމަތީ ތިބެ ތަރި ގުނީ މާފޮޅުވަމުން
ތާލު މޫސީގީ އަޑުން ނަލަ ބާންސަރީން ކުޅެލައި ހެމުން
މޫސުމީ ފަރިފަރި ބަހާރުގެ މާތަކޭ ހެލިލީ ވަޔާ
މޫސުމޭ މި އައީ ޢަބީރުގެ ފަރި ޗަމަން ދިއްލާލަމުން
ރީތި ދޮންދޮން ޖަންބު ކޯތާފަތުގެ ބީހުނު ވަގުތުގައި
ވީތި ފަރި ހިނިތުންވުމެއް ޖަޒުބާތު މި ހަށީ މެކިލަމުން
އޭނަޔާ އަހުރެން ތިބީމޭ މަސްތުގައި ހުވަފެން ދެކެން
ދޭ ނަޔާ އިސްތަށިގަނޑުން ލޮލުގައި މަގޭ ފިރުމާލަމުން
ތޫނު ކަޅިރަވަ ފުން ނަޒަރަކުން ހިތް މަގޭ މޮޔަކޮށްލިޔޭ
ހޫނުވީ ޖިސްމުގެ އަރާމީ ލައްޒަތައް ކަރުހިއްކުމުން
މީ ޙަޤީޤަތަކަށް ހެދޭނަމަ ހައުދަހައި ރަނގަޅޭ މޮޅޭ
މީހަކަށް އަހުރެންގެ ވީނަމަ ލޯބި ދޭނަން ބޮސްދެމުން














