ދިވެހި ޤާއުމީ ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް( ބީއެމްއެލް) އިން ދޫކުރައްވާފައިވާ ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު ލިމިޓް ކޮށްފަައި އޮތުމަށްފަހު އެ ލިމިޓު 500 އެމެރިކާ ޑޮލަރަށް އިތުރު ކޮށްފިއެވެ.
ބީއެމްއެލް އިން ކްރެޑީތް ކާޑުތަކުގެ ލިމިޓް ދައްކޯށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ރާއްޖެއިން އެމެރިކާ ޑޮލަރު ލިބުން ދަތިވެ ބޭރުގެ މުއާމަލާތްތައް ކުރުމަށް ލިމިޓްކުރި އިރު ޑެބިޓް ކާޑުން ބޭރުގެ މުއާމަލާތް ކުރެވެނީ މަހަކަށް 250 ޑޮލަރެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުން ބީއެމްއެލްގައި އެދުމުން ބައެއް ފަރާތްތަކަށް 750 ޑޮލަރަށް ވަނީ އިތުރުކޮށް ދެއްވާފަ އެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބީއެމްއެލް އިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ ޓިމް ސޯޔާ ވަނީ ކްރެޑިޓް ކާޑުގެ ލިމިޓް މަތި ކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ. ބީއެމްއެލްއިން ގެނައި މި ބަދަލާއިއެކު އޮންލައިންކޮށް ވިޔަފާރިކުރައްވާ ފަރާތްތަކާއި މި ނޫންވެސް ބޭނުންތަކަށް ރާއްޖޭން ބޭރަށް ދާ ފަރާތްތަކަށް ފަސޭހަ ވެގެންދާނެ އެވެ.
ބީއެމްއެލް އިން ބުނީ ކްރެޑިޓް ކާޑަށް މި ބަދަލު ގެނެނައި ނަަމަވެސް، ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރު ވެސް ދީފައިވާ ލިމިޓަކީ 250 ޑޮލަރަށް އިތުރު ބަދަލެއް ނުގެން ކަމުގައެވެ. އަދި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3،000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުން ކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ހާމަކުރައްވަ އެވެ.













