Search Streamline Icon: https://streamlinehq.com

ތުންފަތް ހިކި، ފަޅައިގެންދާނަމަ ދެވިދާނެ ފަރުވާއެއް މިއޮތީ

Dermatillomania skin picking. Woman has bad habit to picks her lips. Harmful addiction based on anxiety stress and dry lips. Excoriation disorder. Sick cracked damaged tissue.

ތުންފަތް ހިކުމާއި ތުންފަތް ފަޅައިގެން ދިޔުމަކީ ގިނަ އަންހެންކުދިންގެ އިތުރުން ފިރިހެން ކުދިންވެސް ކަންބޮޑުވާ އެއްކަންތަކެވެ. އަންހެން ކުދިންނެކޭ އެއްފަދައިން އެމީހުންގެ ތުންފަތް އޮމާންކޮށް ރީތިކޮށް ހުންނަން މިހާރުގެ ފިރިހެންކުދިންވެސް ބޭނުންވެއެވެ.

ތުންފަތް ހިކިފައި ހުންނައިރު ނިޔަފަތިން ނުވަތަ ދަތުން ކޮށްޓާހެދުމުން ތުންފަތުގެ ހަންކޮޅުކޮޅު ނައްޓައިގެން ގޮސް ތުންފަތަށް ތަދުވާގޮތް ވެއެވެ. އެގޮތަށް ތުންފަތް ފަޅައިގެން ދިޔުމުން މޫނުމަތީގެ ރީތިކަންވެސް ގެއްލިގެންދާކަމަށް ބައެއް ކުދިން ދެކެއެވެ. އެހެންކަމުން ތުންފަތުގައި ތެޔޮ ހާކާ ތަފާތު ކެމިކަލް ހިމެނޭ ލިޕްބާމް ބޭނުންކޮށް ހެދުމުން ތުންފަތަށް އޭގެ ނޭދެވޭ އަސަރުކޮށް ބައެއް ފަހަރު ތުންފަތް ކަޅުވާގޮތްވެސްވެއެވެ. ބައެއް މީހުން ބޮޑު އަގުދީފައި ބިއުޓީ ޕާލަރ ތަކަށް ގޮސް ތުންފަތަށް ޓްރީޓްމެންޓް ނަގައެވެ.

އޭގެ ބަދަލުގައި ކުޑަ ޚަރަދަކުން ގޭގައި ތިބެގެން ތުންފަތަށް ދެވިދާނެ ފަރުވާތައް އެބަހުއްޓެވެ. ތިރީގައި މިބަޔާންކޮށްލަނީ ގޭގައި ފަސޭހައިން ތައްޔާރުކުރެވިދާނެ ފައިދާހުރި ސްކްރަބްއެކެވެ.

މިސްކްރަބް ހެދުމަށް ބޭނުންވާނީ ސައިސަމްސާ މުގުރާފައި ހުރި ހަކުރުކޮޅެއް ނުވަތަ މުގުރާފައި ހުރި ލޮނުކޮޅަކާއި ސައިސަމުސާ މާމުއި ނުވަތަ ކާށިތެޔޮ ފޮދެކެވެ. ހަކުރު ނުވަތަ ލޮނުކޮޅުގެ ތެރެޔަށް މާމުއި ނޫނީ ތެޔޮ އެޅުމަށްފަހު ރަނގަޅަށް މިކްސްކޮށްލާށެވެ. އަދި ކަފަކޮޅަކުން އެސްކްރަބް ތުންފަތުގައި މަސާޖު ކޮށްލާނީއެވެ. ދެން ގާތްގަނޑަކަށް 15-20 މިނެޓު ވަންދެން ބަހައްޓައިފައި، ތެތްފޮތި ކޮޅުން ތުންފަތުން ފޮހެލާށެވެ.

މިސްކްރަބް ބޭނުންކުރަން ފެށުމުން ތުންފަތް އޮމާންވެފައި ރީތިވާނެއެވެ. ތުންފަތުގެ ހަންގަނޑު ކުރަކިވެ ފަޅައިގެން ނުދާނެއެވެ. އާދަކޮށް ބޭނުންކުރަންވެސް މިއީ ރަނގަޅު ސްކްރަބްއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *