Search Streamline Icon: https://streamlinehq.com

ޙިމާރެއް އޮތް މީހަކު ޢިލްމު ހާޞިލް ކުރާނީ ކިހިނެއް؟

Himaareh oiymeehaku ilm haasilkuraanee kihineh fenvaruonline

އިމާމް އައްޝާފިޢީ ޢިލްމު ހާޞިލްކުރެއްވުމަށްޓަކައި އެކަލޭގެފާނުގެ ބައެއް އުސްތާޛުންގެ އަރިހަށް ވަޑައިގަތުމަށް، ފައިމަގުގައި ވަރަށް ދުރަށް ހިންގަވާފައި އުޅުއްވި އެވެ.

ފައިމަގުގައި އެހައިދުރަށް ހިންގަވާފައި އުޅުއްވުމުން ލިބޭ ވަރުބަލިކަމެއްގެ ސަބަބުން ބައެއްފަހަރު އެކަލޭގެފާނަށް ކްލާހުގައި ފިލާވަޅުތަކަށް ދޭންވާ ވަރަށް ސަމާލުކަން ނުދެއްވެއެވެ.

އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ.

”އެމީހެއްގެ އަތުގައި ސަވާރުވާނެ ޙިމާރެއް ނެތް މީހަކު ޢިލްމު ހާޞިލް ކުރާނީ ކިހިނެއް ހެއްޔެވެ“؟

އެއަށްފަހު އެކަލޭގެފާނު ޙިމާރެއް ބައްލަވައިގަތެވެ. ދެން އެކަލޭގެފާނަށް ވިސްނިވަޑައިގަތީ އެ ޙިމާރަށް ކާންދީ ސާފުކޮށް އެ ހިމާރު ބެލެހެއްޓުމަށްޓަކައި، އެކަލޭގެފާނުގެ އަގުހުރި ވަގުތުތަކުގެ ތެރެއިން ވަރަށް ގިނަ ވަގުތު އެކަމަށްޓަކައި ހޭދަކުރައްވަން ޖެހިވަޑައިގެންކަމެވެ.

ދެންފަހެ އެކަލޭގެފާނު ވިދާޅުވިއެވެ.

”އެމީހެއްގެ އަތުގައި ޙިމާރެއް އޮތް މީހަކު ޢިލްމު ހާޞިލް ކުރާނީ ކިހިނެއް ހެއްޔެވެ؟!“

Leave a Reply

Your email address will not be published. Required fields are marked *