Search Streamline Icon: https://streamlinehq.com

ހިކަނދިފަތުގައި ފޮރުވިފައިވަނީ އެތައް ބައްޔެއްގެ ފަރުވާ

Download

ދިވެހިންގެ މީރު ކެއުންތަކުގައި ހިމެނޭ އެންމެ މުހިންމު އެއްބާވަތެއް ކަމަށްވާ ހިކަނދި ފަތަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލު އެއްޗެކެވެ. ހިކަނދިފަތާ ނުލާ ދިވެހިންގެ ކާނާ ފުރިހަމައެއް ނުކުރެވެއެވެ. އެއީ ރިހަ ކެއްކި ކަމުގައި ވިޔަސް ހެދިކާ ހެދިކަމުގާވިޔަސް އަދި އެހެން ބާވަތެއްގެ ކާނާއެއް ތައްޔާރު ކުރިކަމުގައިވިޔަސް އަތްފޯރާ ފަށުގައި ހިކަނދިފަތް ހުންނަން ޖެހެއެވެ.

ހިކަނދިފަތަކީ ހަމައެކަނި ކެއްކުމުގައި ރަހަ މީރުކުރަން ބޭނުންކުރާ ބާވަތެއް ނޫނެވެ. އޭގައި އެކުލެވޭ ގިނަ މާއްދާތަކުގެ ސަބަބުން ހިކަނދިފަތަކީ ހަށިގަނޑަށް ވަރަށް ފައިދާ ކުރުވަނިވި އެއްޗެކެވެ. ހިކަނދިފަތުން ހަށިގަނޑަށް ލިބޭ ފައިދާތަކަށް ބަލާލާއިރު:

  • ހަފްތާއަކު އެއްފަހަރު ހިކަނދިފަތް ޕޭސްޓް ހަދައިގެން އިސްތަށިގަނޑުގައި ހާކާ ބޯ މަސާޖްކޮށްލުމުން އިސްތަށިގަނޑު ވަރުގަދަވެ އިސްތަށިގަނޑު ދިގުވެއެވެ.
  • ހިކަނދިފަތް ޕޭސްޓް ހަދާފައި ހަންގަނޑުގައި އުގުޅުމުން އަވީގެ ސަބަބުން އަދާފައި ހުންނަ ތަންތަން ވަރަށް އަވަހަށް ރަނގަޅުވެއެވެ.
  • ކެއުމުގައި ވީހާވެސް ގިނައިން ހިކަނދިފަތް ބޭނުން ކުރުމުން ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. އަދި މިއީ ޑައިބެޓިކް މީހުންނަށްވެސް ވަރަށް ފައިދާ ހުރި ބާވަތެކެވެ.
  • ހިކަނދިފަތް ޕޭސްޓް ނޫނީ ހިކަނދިފަތް ޖޫސް ބުއިމުންބޭރަށް ހިނގުން ރަނގަޅުކޮށްދެއެވެ.
  • ހިކަނދިފަތަކީ ލޮލުގެ ފެނުން ވަރުގަދަކޮށްދޭ ބާވަތެކެވެ.

މީގެ އިތުރުން ކެންސަރު ބަލީގެ މީހުންނަށްވެސް ހިކަނދިފަތަކީ ފަރުވާއެކެވެ. ހިކަނދިފަތް ގަހުގެ މޫ އަދި ތޮށްޓަކީވެސް ދިވެހި ބޭހަށް ބޭނުންކުރާ ބާވަތެކެވެ. އެހެންނަމަވެސް ހިތާމަޔަކީ އަހަރެމެންގެ ތެރެއިން ގިނަ ދިވެހިން ކާތަށީގެ އެއްފަރާތުގއި ހިކަނދިފަތް ބަހައްޓާފައި ކައިނިންމާލާކަމެވެ. ގިނަ މީހުން ހިކަނދިފަތް ކެއުމުގެ ބަދަލުގައި އުކާލަނީއެވެ.

Leave a Reply

Your email address will not be published. Required fields are marked *