ކުރީގެ ޑިފެންސްމިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހަމަކޮށް ފާޓީ އުފެއްދުމުގެ ކަންކަން ކުރިޔަށް ގެންދަވާކަމުގައި ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ކާނަލް ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަވައި، އަންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބަލައިގަންނަވާ ފެންވަރުގެ ކެނޑިޑޭޓަކު ނެރުއްވާނެ އެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ތަމްސީލު ކުރައްވާ ކާނަލް ނާޒިމް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވާފައިވާއިރު، މި ޕާޓީ އުފެއްދުމުގައި ކާނަލް ނާޒިމާއެކު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެތި މަރަފުށީ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ޢަބްދުﷲ ރިޔާޒު އާއި، ރައްޔިތުންގެ މަޖިލީހުގެ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތިން މެމްބަރަކު ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް އަދި ވަނީ ސާފުގާ ގޮތް ނުވެފަ އެވެ.
ކާނަލް ނާޒިމް ސިޔާސީ ޕާޓީއެއް އުފެއްދަވައި އަންނަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ނެރުމަށް ނިންމަވާފައި ވާއިރު އިތުރު ފަރާތްތަކުން ވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ސިޔާސީ ޕާޓީތައް ވުޖޫދައް ގެނައުަމށް މަސައްކަތް ކުރައްވާ ކަމުގެ އަދުތައް ދަނީ ފެތުރެމުންނެވެ.













