Search Streamline Icon: https://streamlinehq.com

ފައިގަ ރިއްސަނީތަ؟ މިއޮތީ ދާއިމީ ހައްލު

Foot Specialist Near Me

ފައިގެ ފުންނާބަށާއި ފައިގެ ހުދުހަމުގައި ރިއްސުމަކީ ވަރަށް ގިނަ މީހުން ކުރަމުން އަންނަ ޝަކުވާއެކެވެ. ގިނަބަޔަކު ބުނަނީ އަބަދު ފައި އެލުވާލައިގެން އިންނާތީ ތަދުވަނީ ކަމަށެވެ. އަނެއްބަޔަކު ބުނަނީ ބަރުދަން އިތުރުވުމުން ހަށިގަނޑުގެ ބަރުދަން ފަޔަށް ދާތީ ފަޔަށް ތަދުވަނީ ކަމަށެވެ.

އެތައްފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާ ބޭސްކުރުމުންވެސް ފަރުވާނުލިބޭ ބައްޔެކެވެ. ދިވެހިންނަކީ ދިވެހި ބޭސްވެރިކަމަށް މޮޅު ބަޔަކަށްވުމުން ގިނަފަހަރު މިފަދަ ބަލިތަކުގެ ފަރުވާ އަމިއްލައަށް ހޯދައިގަނެއެވެ.

އެގޮތުން ތިރީގައި މިބަޔާންކުރަނީ ގޭގައި އަމިއްލަޔަށް ތައްޔާރުކުރެވިދާނެ ކްރީމެއް ތައްޔާރު ކުރާނެ ގޮތާއި، އެކްރީމް ބޭނުންކުރާނެ ގޮތުގެ ޚުލާސާއެކެވެ.

ކްރީމް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

½ ޖޯޑް މެގްނީޒިއަމް އޮއިލް

½ ޖޯޑް އެވަކާޑޯ އޮއިލް

މޭޒްމަތީ ސަމްސާ ގެ ހުދުބަޓަރ

ތައްޔާރުކުރާނެ ގޮތް:

ވަރަށް ކުޑަ ތެއްޔެއްގެ ¼ ބަޔަށް ފެންއަޅާފައި އެފެންފޮދު ކެކިގަތުމުން އުދުންމަތިން ބާލާށެވެ. ފެންފޮދު ކުޑައިރުކޮޅަކު ހިހޫވަންދެން ބެހެއްޓުމަށްފަހު މެގްނީޒިއަމް އޮއިލް ފިޔަވައި އެހެން ތަކެތި ފެންފޮދުގެ ތެރެއަށް އަޅާށެވެ. އެއަށްފަހު އެފެންފޮދު އޮލަވަންދެން ކައްކާނީއެވެ. އޮލަވަންދެން ކެއްކުމަށްފަހު ފެންފޮދު ހިހޫވުމުން އޭގެތެރެޔަށް މެގްނީޒިއަމް އޮއިލް އަޅާނީއެވެ. އެއަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން 15 ވަރަކަށް މިނެޓް ވަންދެން އައިސް އަލަމާރީގައި ބެހެއްޓުމަށްފަހު ދަށްފައިގައި އުނގުޅާލާށެވެ.

ކްރީމް އުނގުޅާނީ ކޮންމެ ދުވަހަކު ދެއިރުއެވެ. ކްރީމް އުނގުޅުމުގެ ކުރިން ދަށްފައި ރަނގަޅަށް ސާފުކޮށްލަންވާނެއެވެ. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރިއްސުން އެއްކޮށް ރަނގަޅުވެދާނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *