Search Streamline Icon: https://streamlinehq.com

ޕީޕީއެމް ކޯލިޝަނުން ޤައުމީ ކެމްޕެއިނެއް ފައްޓަވައިފި

PPM

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީ އިން ރާއްޖޭގެ ސިޔާސީ އިސް ލީޑަރުންނަށް ދައުވަތު ދެއްވަމުން ޤައުމީ ކެމްޕެއިނެއް ފަށްޓަވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ”މިނިވަންކަމުގެ ދިފާއުގައި ދިވެހީން“ މި ނަމުގައި ޤައުމީ ކެމްޕެއިން ފައްޓަވައިދެއްވީ އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަމުންދާ ކަމަށާއި، މިކަމާ ދެކޮޅަށް ދިވެހި ކޮންމެ ރައްޔިތަކު ވެސް ބަސް ބުނަންޖެހޭ ކަމުގައެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤާއްޔޫމްގެ އިސްނެންގެވުމާއި ލަފާފުޅާއެކު ފެއްޓެވި މިކެމްޕެއިނުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ އަށާއި، އަދާލަތު ޕާޓީގެ އިތުރުން އެމްޑީއެންއާއި އެމްއެންޕީގެ ލީޑަރުންނަށް ވެސް ޕީޕީއެމް އިން ވަނީ ދައުވަތު ދެއްވާފަ އެވެ.

ޕީޕީއެމް ކޯލިޝަނުން ފައްޓަވާފއިވާ މި ކެމްޕެއިންގައި ބައިވެރިވުމުގެ ދައުވަތު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށާއި، އެމްއާރްއެމްގެ ރައީސް ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށްވެސް އަރުވާފައެވެ.

ޕީޕީއެމް ކޯލިޝަނުން ކުރިއަށް ގެންދަވާ މިހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެމްއެންޕީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމް އަށާއި، އެމްޑީއެމްގެ ލީޑަރ އަދި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އަށް ވެސް ޕީޕީއެމް ކޯލިޝަނުންވަނީ ދައުވަތު އަރުވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި