Search Streamline Icon: https://streamlinehq.com

ދުންޔާ ގުޅިވަޑައިގަތުމަކީ ލިބުނުވަރަށްބޮޑު ފަޚުރެއް: އެމްއެންޕީ

MNP

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ވަރަށްބޮޑު ފަޚުރަކާއި ހިތްވަރެއް ކަމުގައި އެމްއެންޕީން ހާމަކުރައްވައިފި އެވެ.

އެމްއެންޕީން ހާމަކުރެއްވި ގޮތުގައި ގުންޔާ މައުމޫން އެމްއެންޕީއާއި ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށާއި އިސްލާހަށް ލޯބި ކުރައްވާ ފަރާތްތަކަށް ލިބުނު އިތުރު ހިއްވަރެކެވެ. ރާއްޖޭގެ ފުރަތަމަ އަންހެން ޚާރިޖީ ވަޒީރު އަދި އަންހެނުންގެ ޙައްޤުތަކަށާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ދުންޔާ މައުމޫން އެންއެމްޕީއާއި ގުޅިވަޑައިގަތުމަކީ އަންހެނުންނަށާއި އެ ޕާޓީއަށް ލިބިގެންދިޔަ ވަރަށްބޮޑު ފަޚުރަކާއި ހިތްވަރެއް ކަމަށްވެސް އެންއެމްޕީން ހާމަކުރައްވައެވެ.

އެމްއެންޕީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ވުޖޫދުވި ފަހުން ސިޔާސީ އެހެން ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން އަންނަނީ އެ ޕާޓީއާ ގުޅިވަޑައިގަންނަވަމުންނެވެ. އެގޮތުން އަދާލަތު ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ކަނބަލެއްކަމުގައިވާ ކުރީގެ ޖެންޑަރ މިނިސްޓަރ ކަންވެސް ކުރައްވާފައިވާ ސިދާތާ ޝަރީފު ވެސް ވަނީ އަދާލަތުޕާޓީ ދޫކުރައްވައި އެމްއެންޕީއާއި ގުޅިވަޑައިގެންފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ފުންނާބު އުސް ފަންނާނުންނާއި އާއްމުންގެ ގިނަ ބަޔަކުވެސް އެމްއެންޕީއާއި ގުޅެމުން ދާކަން ފާހަގަ ކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ ތަމްސީލްކުރައްވާ އަޙްމަދު އުސާމް އަށް ދެއްވާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.

އެމްއެންޕީ އުފެއްދުމުގައި އުޝާމްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީދާއިރާ ތަމްސީލްކުރައްވާ މުޙައްމަދު ނާޒިމް( ކާނަލް ނާޒިމް)އާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު (ޖޭ4)ގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ގެންދަވަނީ އިސްދައުރެއް ފުރިހަމަކުރައްވަމުން ނެވެ.

އެމްއެންޕީން ހާމަކުރެއްވި ގޮތުގައި އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރުވަނީ ހަމަވެފައެވެ. ނަމަވެސް އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަން ހުށަހަޅުއްވާއިރު 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އެމްއެންޕީން ހާމަކުރައްވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި