Search Streamline Icon: https://streamlinehq.com

އަޅުގަނޑުގެ ޖިންސީ ގުނަވަަން މަޖިލީހުގެ އެއްވެސް ފިރިހެނަކަށް ދައްކާފައެއް ނުވާނެ: ނާޒިލް

ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ޖިންސިގުނަވަން ދެއްކިކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ނާޒިލްއަށް ކުރާ ތުހުމަތުތައް ދޮގުކޮށް ވިދާޅުވީ އެފަދަ ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަޤީންކަން ރާއްޔިތުންނަށް އަރުވާކަމަށެވެ.

“ އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި މަޖިލޫީހުގެ އިއްޒަތްތެރި މެންބަރުގެ ތެރޭގައި އެންމެ ފިރިހެނަކަށްވެސް ފެނިފައެއް ނޯންނާނެ. އެކަން އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޚާއްސަކޮށް އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް އަޤީކަން އަރުވަން“ މެންބަރު ނާޒިލް

އަސްލަމަށް، ނާޒިލް ޖިންސީ ފުރައްސާރަކުރި ތުހުމަތު ކުރަމުން ދަނިކޮށް ހިތަދޫގައި ހުންނަ އަސްލަމްގެ އަންހެނުންގެ ގޭގައި ބަޔަކު ރޯކޮށްލަން މަސައްކަތް ކުރިއެވެ. އެއީވެސް މެންބަރުު ނާޒިލް އަޑީގައި ހުރެގެން ކުރި ކަމެއްކަމަށް މެންބަރު އަސްލަމް ވަނީ ތުހުމަތު ކުރައްވާފައެވެ.

އެތުހުމަތަށް ރައްދު ދެއްވާ ނާޒިލް ވިދާލުވީ އޭނާ އަކީ ދުވަހަކުވެސް މީހެއްގެ ޖިސްމަށް އަދި މުދަލަކަށްވެސް ގެއްލުންދޭނެ މީހެއް ނޫންކަމަށެވެ.

ބުނެވޭ ގޮތުގައި އެ ދެބަސްވުމުގެ ތެރެއިން މަޖިލީހުގެ ގޯތިތެރޭގައި މެނބަރު ނާޒިލް ވަނީ އޭނާ ގެ ކުރިމަތި ފަރާތަށް އިޝާރާތް ކުރައްވާ މިތަން ވީޑިއޯ ކޮށްބަލާށޭ ވިދާޅުވެފައިވެއެވެ.

މެންބަރު ނާޒިލް އާއި އަސްލަމާއި ދެމެދުގައި މައްސަލަ ހޫނުވެފައިވަނީ ނިމިދިޔަ އެމްޑިޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ނާޒިލް ވާދަކުރެއްވި ދާއިރާގެ ވޯޓުތައް އަމިއްލައަށް ގުނާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވުމުންވެނެ. ނާޒިލް ވަނީ އެއީ އަސްލަމް ކުރެއްވި ކަމެއްކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި