Search Streamline Icon: https://streamlinehq.com

ލޯބި އިތުރުކުރާ މެޝިނެއް

ATM

މީހަކު އޭނާގެ އަނބިމީހާ އޭނާއާއި މެދު އޮންނަ ޝަޢުޤުވެރިކަން އިތުރުކުރުވުމަށްޓަކައި، ބަނޑު ހިންދާލައި ރީތިކޮށް ހަށިގަނޑު ބައްޓަން ކޮށްލަން ބޭނުންވި އެވެ.

ޖެހިގެން އައި ދުވަހު އެރަށުގައި ހުންނަ މަޝްހޫރު ޖިމްއަކާއި އޭނާ ގުޅުނެވެ. އެއާއި ޖެހިގެން އައި ދުވަހު ޖިމަށް ގޮސްފައި އޭތަނުގައި ހުރި ތަފާތު އެކި އެކި މެޝިންތައް ދައްކާފައި ޖިމް އިންސްޓްރަކްޓަރ ގާތުގައި އޭނާ އަހައިލިއެވެ.

”ވެރިޔާއެވެ. އަހުރެންގެ އަންހެނުން އަހުރެން ދެކެ އެންމެ ލޯބި އިތުރުވާނީ މިތަނުން ކޮން މެޝިނެއް ބޭނުން ކުރީމައި ހެއްޔެވެ.؟”

އެހިނދު ޖިމް އިންސްޓްރަކްޓަރ ކުޑަކޮށް ހިނިތުންވެފައި އޭނާ ގޮވައިގެން ބޭރަށް ނިކުމެލިއެވެ.

ކުޑަކޮށް ހިނިތުންވެލާފައި މަގުމަތީގައި ހުރި އޭޓީއެމް މެޝިން އޭނާއަށް ދައްކާފައި ބުންޏެވެ.

“ކޮއިފުޅާއެވެ. އެހެރަ ފައިސާ ނަގާ މެޝިންތަކެވެ. ޖިމްގެ އެތެރޭގައި އެހެރަ މެޝިންތަކަކީ ވަގުތު ބޭކާރު ކުރާ ތަކެއްޗެވެ. އެއީ ބޭކާރު އެއްޗިއްސެވެ.“

އަނބި މީހާގެ ލޯބި އިތުރުކުރަން ބޭނުން ނަމަ ގިނަގިނައިން އޭޓީއެމް މެޝިން ބޭނުން ކުރާށެވެ.

Leave a Reply

Your email address will not be published. Required fields are marked *