އިސްޙާޤުއާއި ޝަމްވީލް އަކީ ދެ ޔަހޫދީންނެވެ. މިދެމީހުން ސަހަރާއެއްގެ ތެރެއަށް ގެއްލުނެވެ. ދެން މިދެމީހުން އެކުގައި (ހިނގަމުން ހިނގަމުން ގޮސް) މުސްލިމުން ދިރިއުޅޭ ވިލޭޖް އަކާއި ހަމަޔަށް އާދެވުނެވެ. އޭރު (މިދެމީހުން) ތިބީ ވަރަށްބޮޑަށް ވަރުބަލިވެ، ބަނޑުހައިވެގެން ގޮސް ހާންތިވެފަ އެވެ.
ދެންފަހެ އިސްހާގު އޭނާގެ އެކުވެރިޔާ ގާތު ބުންޏެވެ.
”އެމީހުން އަހަރެމެންނަށް ކާއެއްޗެއް ދެންދެން އަހަރެމެން ތިބެން ޖެހޭނީ މުސްލިމުން ކަމަށް ހެދިގެންނެވެ.” ޖަވާބުގައި ޝަމްވީލު ބުންޏެވެ.
”އަހަރެން އެމީހުންނަށް ޙަޤީޤަތް ކިޔައިދޭނަމެވެ. އަދި އަހަރެން އެބައިމީހުންނަކަށް ދޮގެއް ނުހަދާނަމެވެ.” ދެން މިދެމީހުންނަށް ވިލެޖާއި ހަމަޔަށް އާދެވުމުން އެތަނުގެ މީހުން މިމީހުންގެ ނަމަކީ ކޮބައިތޯ އަހައިފިއެވެ. އިސްޙާޤު ބުންޏެވެ.
”އަހަރެންގެ ނަމަކީ ޢަބްދުﷲ އެވެ. (އަހަންނަކީ މުސްލިމެކެވެ.)
އޭނާގެ އެކުވެރިޔާ (ޝަމްވީލް) ބުންޏެވެ. “އަހަރެންގެ ނަމަކީ ޝަމްވީލް އެވެ. އަހުރެންނަކީ ޔަހޫދީ އަކީމެވެ.”
ދެންފަހެ މުސްލިމުންގެ ވެރިޔާ ބުންޏެވެ.
”ޔަހޫދީ މީހާ އަށް އަވަހަށް ކާތަކެއްޗާއި ބޯތަކެތި ދޭށެވެ.“
”ޢަބްދުﷲ، އެވެ. ތިބާއަށް އެނގޭނެ ފަދައިން އަހަރެމެންނަށް (އެބަހީ މުސްލިހުންނަށް) މިއީ ބަރަކާތްތެރި ރޯދަމަހެވެ. އަހަރެމެންނާއި އެކު ރޯދަ ވީއްލަން މަޣުރިބް ނަމާދު ވަގުތު ޖެހެންދެން ޢަބްދުﷲ އިންތިޒާރު ކުރާށެވެ.”














