Search Streamline Icon: https://streamlinehq.com

ގްރީންޓީ ބުއިމުގެ ކުރިން ލިބޭ ގެއްލުމަށް ވިސްނާލަމާ

60017599

ގްރީންޓީ އަކީ ދިވެހިންގެ ތެރޭގައިވެސް ބަރުދަން ލުއިކުރުމުގެ ގޮތުން ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެކެވެ. ގްރީންޓީ ބޭނުން ކުރުމުން ވަރަށް އަވަށް ބަރުދަން ލުއިވެ ހަށިގަނޑަށް ލުއިކަމެއް ލިބިގެންދެއެވެ. ގިނަމީހުން ބުނާގޮތުން ވިއްޔާ ގްރީންޓީއަކީ ގޭސް މައްސަލަ ހުންނަ މީހުންނަށްވެސް ރަނގަޅު އެއްޗެކެވެ. ނަމަވެސް އެއީ ކިޑްނީއަށް ގެއްލުން ލިބޭ ބުއިމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ގްރީންޓީއިން ލިބޭ ސިއްޚީ ގެއްލުންތަކަށް ބަލާލާއިރު ބަރުދަން ލުއިކުރުމާއި، ސިއްޙީ ތަފާތު މައްސަލަތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ގިނަބަޔަކު ބޭނުން ކުރަމުން އަންނަ ލުއިބުއިމެއް ކަމުގައި ވީ ނަމަވެސް  އޭގެ ސަބަބުން ކިޑްނީ ވަރަށް އަވަހަށް ހަލާކުކޮށްލާ އެއްޗެކެވެ. އާދަކޮށް މިސައި ބޯ މީހުންނަށް ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

ގްރީންޓީގައި ހުންނަ ކެޓެޗިންސް އާއި، އެންޓިއޮކްސިޑަންޓްސް އާއި ކެފެއިން ހަށިގަނޑުގައި ހޫނު އުފައްދާ، ހިނގުމާއި، މެޓަބޮލިޒަމް ރޭޓު އަވަސްކޮށްދެއެވެ. އޭގެ ސަބަބުން ވަރަށް އަވަހަށް ހަށިގަނޑުގެ ބަރުދަން ލުއިކޮށްދެއެވެ.

ގްރީންޓީ މާގިނައިން ބުއިމުން ބޭރަށް ހިގުމާއި، ބޮލުގައި ރިއްސުމާއި، ބޯއަބުރާ ހޮޑުލުން ފަދަ ގިނަ ކަންތައްތައް ދިމާވެއެވެ. ގްރީންޓީގައި ހިމެނޭ ކެފެއިންގެ ސަބަބުން ނިދަން އުދަގޫވެ ސިއްޚީ އެތައް މައްސަލަތައް ދިމާވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *