ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހިމްގެ ކެންޑިޑޭސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.
ޖޭޕީގެ ފަރާތުން ކެންޑިޑޭންސީ ފޯމު ހުށަހެޅީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ. އަރިހުގައި އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އަދި ރަނިން މޭޓް ޑރ. އަމީން އިބްރާހީމްގެ އިތުރުން ޖޭޕީގެ ލީޑާޝިޕްގެ އިސްވެރިން ވަނީ ދަރުބާރުގެއަށް ވަޑައިގަނެފަ އެވެ.
އީސީގެ ފަރާތުން، ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އެވެ.
ފޯމު ހުށަހެޅުމަށް ގާސިމް ދަރުބާރުގެއަށް ވަޑައިގަތީ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެކީގަ އެވެ.
ޤާސިމްގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ކެންޑިޑެސީ ފޯމު ހުށައަޅުއްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ސުންގަޑި މިއަދު މެންދުރުފަހު 2 ޖެހުމާއި ހަމައަށް އޮންނާނެއެވެ.













