Search Streamline Icon: https://streamlinehq.com

ދިފާއީ ނިޒާމު ވަރުގަދަ ކުރުން ވަރަށް މުހިއްމު

Orange Juice

ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުންދާ މި ދުވަސްވަރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ރަނގަޅަށް އަތް ދޮވުމާއި، ނުސާފު ވައިން ރައްކާތެރިވުމަށް މާސްކު އެޅުންފަދަ ކަންކަން އޭގެ ތެރޭގައި ހިމެނެ އެވެ. މި ކަންކަމުގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަންވެސް ބޮޑު އިސްކަމެއް ދޭން އެބަ ޖެހެ އެވެ.

ކޮރޯނާ ވައިރަސް ކުޅެލަނީ ނޭވާލާ ނިޒާމާ އެވެ. ދިފާއީ ނިޒާމު ބަލި މީހުންނަށް މި ބަލީގައި ބޮޑުވަރު ވުން ގާތެވެ. ހަމައެކަނި ކޮރޯނާ ވައިރަސް އެކަންޏެއް ނޫނެވެ. އާދައިގެ ހުމާއި ރޯގާއިންވެސް ދިފާއީ ނިޒާމު ބަލި މީހަކަށް ބޮޑުވަރު ވުން އެކަށީގެން ވެއެވެ.

ނިއުޓްރިޝަނިސްޓް ލޮވްނީތު ބަތްރާ ކިޔައިދީފައި މި ވަނީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އާދަވެގެން ބޮވިދާނެ ބުއިމެކެވެ.

ބޭނުންވާ ތަކެތި؛

1 އިންޗި އިނގުރު

ކުޑަ އަސޭމިރުސް ކޮޅެއް

ބާސިލް ފަތުގެ 4 ފަތް

1 އިންޗި ގޮށް ރީނދޫ

އެއްތައްޓާއި ބައިގެ ފެން

ތައްޔާރުކުރާނެ ހޮތް

ފެނުގެ ތެރެއަށް އިނގުރާއި، އަސޭމިރުސް އަދި ރީނދުލާއި ބާސިލް ފަތް އަޅާށެވެ. އަދި އެ ފެން ކައްކާށެވެ. ކުޑައިރުކޮޅަކަށްފަހު ފެން އާންމު ފިނި މިނަށް އަންނަންދެން ބެހެއްޓުމަށްފަހު އެ ފެން ބޯށެވެ.

ފައިދާތައް

އިނގުރާއި ބާސިލް ފަތަކީ ޖަރާސީމާއި ދެކޮޅަށް ހަނގުރާމަކުރާ ދެ ބާވަތެވެ. އަދި މި ދެބާވަތުން ދިފާއު ވުމުގެ ބައި ހަށިގަނޑުގައި ބާރު ގަދަކޮށްދެ އެވެ. ރީނދުލާއި އަސޭމިރުހުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ އެކި ވަރުގެ ގެއްލުންތަކާއި ދެކޮޅަށް ހަނގުރާމަކޮށްދެ އެވެ. އަދި ހުޅުތަކުގައި ރިއްސުންފަދަ ކަންކަމުންވެސް ސަލާމަތް ކޮށްދެ އެވެ.

މިއީ އާދަވެގެން ކޮންމެ ދުވަހަކުވެސް ބޮވިދާނެ ސިއްހަތަށް ރަނގަޅު ބުއިމެކެވެ.  

މަސްދަރު: ހަމަ

 

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *