މިއީ އުނގޫފާރު ދާއިރާއަށް އުފަން ހަމަ ކޮންމެ ފަރުދަކުމެ ސިޔާސީ ފިކުރާއި ރުޅިވެރިކަން އެއްކިބައުކޮށް މި ދަނޑިވަޅުގައި ވިސްނާލުން މުހިންމު ކަމެކެވެ. ބޯމަތިވަމުން އަންނަ ރައްޔިތުމންގެ މަޖިލިސް އިންތިޚާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގެ ކުރިން މިފަދަ ކަންކަމާއި މެދު ވިސްނައިލުން ވަރަށް މުހިންމުވާނެ އެވެ. 
ވިހި ވަނަ ރައްތިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑިއަށް މިފަހަރު އިންތިޚާބު ކުރަންވާނީ އުނގޫފާރު ދާއިރާއަށް އުފަން މިތުރެކެވެ. އަދި އުނގޫފާރު ދާއިރާ ދެކެ ލޯބިވާ، އެއްވެސް ކަމެއްގައި ބަދަލުހިފުމުގެ ރޫޙެއްނެތް ތެެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ފަސް އަހަރުގެ ދައުރު ފުރިހަމަކުރުމުގައި ކެތްތެރިކަމާއި އެކު ދެމިހުރެދޭނެ ބޭފުޅަކަށެވެ. އަދި ފައިސާއާއި ނުފޫޒުން އެއްކިބާވެ އަމިއްލަ ނަފުސައްވުރެ ދާއިރާއަށާއި ދާއިރާގެ ރައްޔިތުންނަށް އިޚްލާޞްތެރިވާނެ ތެދުވެރި އަމާނާތްތެރި، އިޚްލާޞްތެރި އަކަށްވެސް މެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރޭގައި ޕީއެންއެފް ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓު ނަމްބަރު 4 ޢަލީ ފާރޫޤު ފިޔަވައި މިފަދަ ސިފަތަކެއް ހުރި އިތުރު ކެންޑިޑޭޓަކު އަދި މިހާތަނަށް ފެނިފައި ނުވާކަމަށް ދާއިރާގެ ގިނަބަޔަކު ދަނީ ބުނަމުންނެވެ.
”މިފަހަރު ހަމަ ފާރޫޤު ވަރުގެ މީހަކު ނެތް މިދާއިރާއަށް ކުރިމަތިލައިފައެއް. މިދާއިރާގެ ގިނަބަޔަކު ތިބީ ފާރޫޤާ އެކީގަ. އަހަރެމެން ކެމްޕެއިން މި ކުރަނީ ވަރަށް ސިއްރިޔާތުގަ. ސަބަބަކީ ފާޅުގަ ނުކުމެވެން ނެތީމަ. އަހަރެމެން ފާރޫޤަށް ކެމްޕެއިން ކުރާކަން އެނގިއްޖިއްޔާ ވަޒީފާގަނޑުވެސް ގެއްލޭގެކަން ޔަގީން. އެކަމަކު މިފަހަރު ފާރޫޤު ނޫން ގޮތެއް ހަމަ ނެތޭ ދެންނެވޭނީ. ކަނޑާލިޔަސް ފަރުވާލެއް ނެތް. އަހަރެމެން މިތިބީ ފާރޫޤާ އެކީގަ. އަހަރެމެންނަށް ފާރޫޤު ކަމުދަނީ ހަމައެކަނި ދާއިރާ މީހަކަށް ވާތީއެއްވެސް ނޫން. އޭނާއަކީ ދުވަހަކުވެސް ފަސްބައިގަ އެއްވެސް ލައްގަނޑެއް ޖެހިފައިނެތް އެކުވެރިއެއް ތެދުވެރިއެއް އަމާނާތްތެރިއެއް. ދުވަހަކުވެސް މަކަރެއް ހީލަތެއް ހަދާފައިހުރި މީހެއްނޫން. އަނެއްކާ އަބަދުވެސް މި ދާއިރާ ރައްޔިތުންނާ ވަރަށް ގާތް އެކުވެރި ގުޅުމެއް ބާއްވާ މީހެއް ފާރޫގަކީ. މަޖިލީހަށް ކުރިމަތި ލީމަކާ ނޫން. މީގެ އެތައް ދުވަހެއް ކުރިންވެސް ފާރޫޤަކީ މުޅި އަތޮޅުގެ ހުރިހާ އެންމެނާވެސް ވަރަށ ގާތްގުޅުމެއް ބާއްވާ އެކުވެރި ހިތްހެޔޮ ލީޑަރެއް.“ އުނގޫފާރު ދާއިރާއިން ވާހަކަދެއްކި މީހަކު ނަންނުޖެހުމަށް ޝަރުޠުކޮށް ފެންވަރަށް މަޢޫލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
މާތްވެގެންވާ އިސްލާމްދީނަށާއި ދީނީ ކަންކަމުގައި އަމިއްލަ ޖީބުން ހޭދަކުރައްވާ ޢަލީ ފާރޫޤަކީ ކުޑަކުދިންނާއި، ޒުވާނުންގެ އެކުވެރި މިތުރެކެވެ. މުސްކުޅިންނާއި، ބަލިމީހުންގެ ޙާލު އަހުވާލު ބައްލަވާ ހިތްތިރި އިޙްސާންތެރިއެކެވެ. ވަކި ފަންތިއަކަށް އަދި ގިންތިއަކަށް ބެލުމެއްނެތި ހުރިހައި ޢުމުރުފުރާއަކަށް ނިސްބަތްވާ ދެޖިންސްގެ އަފްރާދުންނާއި ގުޅޭ ލާމަސީލު ނަމުނާ ސަޙްސިއްޔަތެވެ.
ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތިބި ގިނަ ބަޔަކު ސިޔާސީ މަންފާއަށްޓަކައި އެމަނިކުފާނު ދޫކޮށް ދިޔަ ދަނޑިވަޅުގައިވެސް އެމަނިކުފާނުގެ އަރިހުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ކޮންބައެއްތޯވެސް މިވަގުތު ވިސްނައިލަން ވާނެއެވެ. 
ޕީޕީއެމް ޕީއެންސީ މުޒާހަރާތަކާއި އެއްވުންތަކުގެ އިސްސަފުގައި ހުންނަވައި ރައީސް ޔާމީން މިނިވަން ކުރުމަށާއި ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް ނުހަނު އިޚްލާޞްތެރިކަމާއިއެކު ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މިޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮޑިއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 4 ޢަލީ ފާރޫޤު ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.
ޢަލީ ފާރޫޤް އަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފުރިހަމަ ތާޢީދާއި އިތުބާރު ލިބިލައްވާފައިވާ ކެންޑިޑޭޓެެއްވެސް މެއެވެ. ޢަލީ ފާރޫޤު އަކީ ދާއިރާ ރައްޔިތުންގެ އިޙްތިރާމާއި ލޯބީގެ އިތުރުން ތަފާތު އެތަށް ދާއިރާއަކުން ތަޖުރިބާ ލިބިލައްވާފައިވާ ހުނަރުވެރި ޤާބިލް ބޭފުޅެކެވެ. އަދި ކިއެއްތަ ޢަލީ ފާރޫޤު އަކީ ދާއިރާގެ ރައްޔިތުންނާ ގުޅޭ ޚިދުމަތްތެރި ހިތްހެޔޮ އެކުވެރި މިޒާޖެއްގެ ވެރިއެއްވެސް މެއެވެ.
އުނގޫފާރު ދާއިރާ ރައްޔިތުންގެ ޙައްޤުގައި ކޮންމެފަދަ ޤުރުބާނީއެއް ވާންޖެހުން ނަމަވެސް ފަހަތަށް ޖެހިވަޑައިނުގެން އެކަމެއް ކުރައްވާނެ ހިތްވަރާއި ފަންވަރާއި ބުންވަރު ހުރި ހަމައެކަނި ކެންޑިޑޭޓަކީ ކެންޑިޑޭޓު ނަމްބަރު 4 ޢަލީ ފާރޫޤު ނޫންތޯއެވެ.














1 ކޮމެންޓް
ރަނގަޅު ވާހަކައެއް. 5 ވަގުތު ބަންގީގެ އަޑުވެސް އިވޭ މިދާއިރާގެ ހަމައެކަނި ކެންޑިޑޭޓަކީ ހަމަ ޢަލީ ފާރޫޤު