ރައްޔިތުންގެ މަޖިލިސް 2024 އިންތިޚާބުގައި ޕީއެންސީ ޓިކެޓުގައި ނައިފަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 01 ހައްސާން އަލިފުޅު(ބާސް) ނައިފަރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާ ވަރަށް ޚާއްޞަ މެސެޖަކީ ދާއިރާ ރައްޔިތުންގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ މެސެޖެއް ނޫނެވެ. 
ބާސްގެ މެސެޖުގައި ވިދާޅުވެފައިވަނީ ނައިފަރު ދާއިރާގެ ލޮބުވެތި ރައްޔިތުންނޭ! މީގެ ކުރިން ބާސް އަށް ފެނިފައިވަނީ ބޯމަތިވާ ކޮންމެ އިންތިޚާބަކާ ދިމާކޮށް ބަރިބަރިއަށް، ޑަޒަން ޑަޒަނުން ޒުވާނުންތަކަށް ވަޒީފާ އާއި ލޯނާއި ފްލެޓާއި އާގު ބޯޓު ފަހަރު ދޭނަމޭ ކިޔައި ބުރަ މަސައްކަތްތަކެއް ސިޔާސީ ގޮތުން އެ ޒުވާނުންލައްވައި ކުރުވަމުން ދިޔަ މަންޒަރެވެ.
ކަން މިހެން ހުރުމާއިއެކު އެޒުވާނާ ހަށި ފޮޅާލައި މަގުމަށްޗަށް ނުކުމެ އެހެރީ ފޮނި އުންމީދުތަކާއި އެކުގައެވެ. ވަޒީފާ އެއް ހޯދުމުގެ އިންތިހާ ބޭނުމުގައެވެ.
ކޮންމެ ޒުވާނަކުވެސް ޒަވާޖީ ޙަޔާތަކާއި މެދު ފުންކޮށް ވިސްނާނެ އެވެ. އަދި އެކަން ފުރިހަމަކުރުމަށާއި، އަބުރުވެރި ދިރިއުޅުމަކަށް އެންމެ ބޭނުންވާނީ ރަގަޅު ފުދިގެން އުޅެވޭ ވަރުގެ ވަޒީފާއެއް (ވަޒީފާ ގަނޑެއް) ނަމަވެސް ކަންތައް ވަނީ އެހެންތޯ އެވެ.
ސިޔާސީ ހަތިޔާރެއްގެ ގޮތުން އެޒުވާނުން ގެންގުޅެ އޮލަކޮށް ވަށައިގެން ތެލާއި ގޮދަން ފުށް ލެއްވުމަށް ފަހު، މަގުމަށްޗަށް އެއްލައިލަނީ ނޫންތޯއެވެ؟ ކަމުގެ ޙަޤީޤަތަކީ މިއީ ނޫންތޯއެވެ؟ މާޒީގައި ކަން ހިނގާފައިވާ ގޮތާއި ކަންތައްތައް ހިނގަމުން ދާގޮތަކީވެސް މިއީނޫންތޯއެވެ؟
ކަން މިހެން ހުރުމުގެ ސަބަބުން އެޒުވާނުންނާއި ޒުވާނުންގެ އާއިލާތައް އިތުރަށް މާޔޫސްވުން ނޫންގޮތެއް ފެނިފައި ވޭތޯއެވެ؟ ނަމަވެސް މިކަން ކޮންމެފަހަރަކު ކުރުވާ ސިޔާސީ މަދު ބަޔަކު ފެނިގެންދަނީ މަޖަލާއި އަރާމުގައި ފައިސާ ދަބަސް ހިފައިގެން އުފަލާއި އަރާމުގައި ތަނަވަސް ދިރިއުޅުމެއް އުޅެމުން ގެންދާ މަންޒަރެވެ.
އެބަޔަކަށް ޓަކައި ނުވަތަ އެމީހަކަށް ޓަކައި ޖާނާއި މާލާއި ވަގުތުތައް ޤުރުބާންކުރި އެއްކަލަ ޒުވާނުންތައް މިއަދު ކޮބައިތޯއެވެ؟ މިއަދު ސަރުކާރު ކެންޑިޑޭޓުގެ ގޮތުގައި ނުކުމެ ހުރި ފަރާތްކަމުގައިވާ އެންމެންގެ އެކުވެރި ބާސް އަކީ ނައިފަރު ދާއިރާ ޒުވާނުންގެ ވާހަކަ އަބަދުވެސް އެންމެ ބާރަށް ދައްކަވަމުން ގެންދަވާ ފަރާތެކެވެ.
ބާސް އަކީ އެ ޒުވާނުންގެ ކަންކަމުގައި ވަކާލާތު ކުރަމުން ދިޔަ ފަރާތެއްކަން ނައިފަރު ދާއިރާގެ ހުރިހައި ޒުވާނުން ވެސް ގަބޫލް ކުރަނީ ނުހަނު އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ.
ޒުވާނުން ނެރެ މަގުމަތީގައި ސަކަރާތެއް ނުޖަހާނެއެވެ. ޒުވާނަކު ދިއްކޮށްލި ކޮންމެ އަތެއްގައި ހިފައި ބާރު ކޮއްލަމުން އެޒުވާނާގެ ތުންފަތާއި މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭނެއެވެ. ތެލެއް ފުށެެއް އެކައްޗެއްވެސް ނުލައްވާނެއެވެ. އަދި ކިއެއްތަ ދޯކާއެއްވެސް ނުދޭނެކަން ޔަޤީނެވެ.
ދަންނަވަންތޯ. ނައިފަރު ދާއިރާގެ ލޮބުވެތި ރައްޔިތުންނާއި ދާއިރާގެ ހުރިހައި ޒުވާނުން މިއަދު އެތިބީ ބާސްގެ އަތުގައި ހިފައިގެންނެވެ. އެޒުވާނުން މިއަދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އެކު ބާސް ފަހަތުގައި ވަރުބަލިކަމެއްނެތި މަސައްކަތް ކުރަން ތިބުމަކީ ބާސްގެ ކުށެއް ނޫނެވެ. އެއީ ފާއިތުވި ހުރިހާ ދުވަހަކު ތެލާއި ފުށް ބޯކޮށް ލެއްވި ސިޔާސީ މީހުންގެ ކުށެއް ނޫންތޯއެވެ. އެމީހުންގެ މަކަރާއި ހީލަތްތެރިކަމާއި އޮޅުވައިލުމުގެ ހިތި ނަތީޖާ ނޫންތޯއެވެ.
މިފަހަރު ނައިފަރު ދާއިރާ ޒުވާނުންގެ ކެންޑިޑޭޓަކީ ހައްސާނު އަލީފުޅު (ބާސް) ކެންޑިޑޭޓު ނަމްބަރު 1













