Search Streamline Icon: https://streamlinehq.com

ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ، ރައްޔިތުންގެ ކެންޑިޑޭޓަކީ ކާކު؟

Saudhath Shakir Thinadhuu Dhekunu Fenvaruonline
Advertisement

ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 5 ފާތިމަތު ސައުދަތު ޝާކިރު، ރައްޔިތުންގެ މަޖިލީހަށް އިންތިޚަބު ކުރައްވައިފިނަމަ، އަމާނާތްތެރިކަމާއި، ނަޒާހަތްތެރިކަމާއި އެކު ދައުރު ފުރިހަމަކުރައްވާނީ ތިނަދޫ ދެކުނުދާއިރާ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައިކަމަށް ސައުދަތު ޝާކިރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންއެފުން ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައް ސައުދަތު ޝާކިރު ވިދާޅުވީ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި އެންމެ އަޑުހަރުކޮށް ވަކާލާތު ކުރައްވާނެ ކެންޑިޑޭޓަކަށް ވާނެކަމުގައެވެ. އަދި ތިޔަ ލޮބުވެތި ރައްޔިތުން ހިތްހަމަނުޖެހޭފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމަށާއި، މިކަންކަމާއިމެދު ތިޔަލޮބުވެތި ރައްޔިތުންގެ ހިތުގައި ޒައްރެއްގެ މިންވަރުވެސް ޝައްކު އުފެދޭފަދަ އެއްވެސް ކަމެއް ސައުދަތުގެ ފަރާތުން ފެނިގެން ނުދާނެކަމުގެ ޔަޤީންކަން ތިނަދޫ ދެކުނުދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާކަމަށްވެސް ސައުދަތު ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާ ރައްޔިތުންގެ ޙައްޤުގައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އައު ޤާނޫނުތައް ވުޖޫދު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތާއި ބަހުސްތަކުގައި ތިނަދޫ ދެކުނު ދާއިރާގެ މައިކް އަބަދުވެސް ދިއްލިފައި ހުންނާނެ ކަމަށް ސައުދަތު ވިދާޅުވެފައި ވާކަމީ ދާއިރާގެ ރައްޔިތުން އުފާކުރުން ޙައްޤުވާ ކަމެއްނޫންތޯއެވެ؟

ތިނަދޫ ދެކުނު ދާއިރާ ރައްޔިތުން ޤާބޫލު ކުރައްވާގޮތުގައި ދާއިރާ ތަމްސީލްކުރުމުގައި ވަކި ކުލަޔަކަށް ނުވަތަ ވަކި ފިކުރަކަށް ބެލުމެއްނެތި ތެދުވެރި، އަމާނާތްތެރި، ނަޒާހާތްތެރި ފަސްބައިސާފު ނަމޫނާ ކެންޑިޑޭޓަކީ ހަމައެކަނި ކެންޑިޑޭޓު ނަމްބަރު 5 ފާޠިމަތު ސައުދަތު އެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނުދާއިރާ ތަމްސީލްކުރައްވާނެ މެމްބަރެއްގެ ގޮތުގައި ކެންޑިޑޭޓު ނަމްބަރު 5 ސައުދަތު ޝާކިރު އިންތިޚާބު ކުރުމަށް ދާއިރާގެ ރައްޔިތުން ތިބީ ބިރުކަނޑާލައި ފަސްނުޖެހުމެއްނެތި އަތުކުރި އޮޅާލައި ކުރިއަށް ވަޑައިގަތުމުގެ ފުރިހަމަ ޢަޒުމުގަ އެވެ.

Advertisement

ބޯމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތިނަދޫ ދެކުނުދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 5 ފާޠިމަތު ސައުދަތަކީ ތިޔަބޭފުޅުންގެ ކެންޑިޑޭޓެެއް ކަން ޔަޤީން ކުރައްވާށެވެ.

ތަޢުލީމީ ދާއިރާއާއި ޤާނޫނީ ދާއިރާއިން މާސްޓަރސް ހައްދަވައި ކަމުގެ ހުނަރާއި ފަންނީ ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ތިޔަބޭޅުންގެ 5 ނަމްބަރު ކެންޑިޑޭޓު ފާތިމަތު ސައުދަތަކީ ދުވަހަކުވެސް ދާއިރާގެ ވިންދާއި އިޙްސާސް ތަކާއި ދުރުވާނެ ކެންޑިޑޭޓެއްނޫނެވެ. ބަދަލެއް ނުވާނެ އެވެ. ދެގޮތެއް ނުވާނެ އެވެ. ތެދުވެރި ވާނެއެވެ. އަމާނާތްތެރި ވާނެއެވެ. ތިޔަ ލޮބުވެތި ރައްޔިތުންގެ އަޑު އަހާނެ އެވެ. އެ އަޑު ރައްޔިތުންގެ މަޖިލީހުގައި އަމާނާތްތެރިކަމާއި އެކު އިއްވައިދޭނެ އެވެ. އަބަދުވެސް ތިޔަބޭފުޅުންނާއި ބައްދަލު ވާނެއެވެ. ފޯނަށް ޖަވާބު ދެއްވާނެ އެވެ. ދާއިރާ ރައްޔިތުންގެ ގާތަށް ވަޑައިގަންވައި ހާލުބައްލަވާނެއެވެ.

ކަން މިހެން ހުރުމާއި އެކު ޤާނޫނު ހަދާ މަޖިލީހަކީ ހުނަރުވެރި ތަޢުލީމީ ޤާބިލް ޒުވާނުން ތިއްބަވާ ޢިއްޒަތްތެރި، ޝަރަފުވެރި، އަބުރުވެރި، މަޖިލީހަކަށް ހެދުމަށް ފާތިމަތު ސައުދަތު ފަދަ ތަޢުލީމީ ޤާބިލް ހުނަރުވެރި ޒުވާނަކު އިންތިޚާބު ކުރުމަށް ތިނަދޫ ދެކުނުދާއިރާގެ ކުދިބޮޑު އެންމެން އަތުކުރި އޮޅާލަންވީ ތިނަދޫ ދެކުނުދާއިރާގެ ގޮނޑިއަށް ފާތިމަތު ސައުދަތު އިންތިޚާބު ކުރަން ނޫންތޯއެވެ؟

ތިޔަބޭޅުންގެ ކެންޑިޑޭޓު ފާތިމަތު ސައުދަތު ކެންޑިޑޭޓު ނަމްބަރު 5 އިންތިޚާބު ކުރުމަށް ތިނަދޫ ދެކުނު ދާއިރާ ރައްޔިތުން އެއް ރޫހެއްގައި އެއް ޢަޒުމެއްގައެވެ.

ފެންމީރުވި ރީތިރަށޭމީ ރޫޙުވަނީ ތިނަދޫގައިކަން ޔަޤީން ވާއިރު އެއް ޢަޒުމެއްގައި އެއް ރޫޙެއްގައި، ރައްތިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނުދާއިރާގެ ގޮޑިއަށް ފާތިމަތު ސައުދަތު ޝާކިރު އިންތިޚާބު ކުރުމަށް ހިތާއި ރޫހުން މަސައްކަތް ކުރުމަކީ މިއަދާއި މާދަމާއަށް ޓަކައި ކުރެވޭ ފޮނި އުންމީދުގައި ކުލަ ޖެހިގެން ދާނެކަމާއި މެދު ޝައްކު ކުރައްވަންވީ ކަމެއް ނޫނެވެ.

ތިޔަބޭފުޅުންގެ ކެންޑިޑޭޓު، ފާތިމަތު ސައުދަތު ޝާކިރު، ކެންޑިޑޭޓު ނަމްބަރު 5 އަށް ވޯޓު ދިނުމަށް ހަނދުމަ ފުޅު ބަހައްޓާށެވެ. ދިރުމެއްހުރިއްޔާ އުންމީދެއް ވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި