Search Streamline Icon: https://streamlinehq.com

ޤުރުބާނީގެ އަގު ވަޒަން ނުކުރީ ކީއްވެ؟

Dhiraagu

ލިއުނީ: ފާޠިމަތު ލިއުޝާ

ލޯބިވާއަށް ވެދުމާއި ސަލާމައްފަހު މިސިޓީީ ލިޔަން މަޖުބޫރުކުރުވީ މިނިކަމެތިއަޅާ ކަލާއަށްޓަކައި ކޮންމެ މަހަކު ވަމުންމިދާ ޤުރުބާނީގެ އަގު ވަޒަން ނުކުރުމެގެ އިތުރުން އެކަން ބަލައިވެސް ނުގަތުމުގެ ސަބަބުންނެވެ.

މިހާރަކަށް އައިސް ވަމުންއަންނަ ގޮތްތަކުން ހިތައް ނުތަނަވަސްކަން ލިބެނީ އިންތިހާޔަށްށެވެ. ލިބޭ ހުސް ވަގުތުތައް ކަލާއާއި އެކުގައި ވަގުތުކޮޅެއް ހޭދަކުރެވޭތޯ ވަރަށް މަސައްކަތް ކުރަމެވެ. އެކަން ކަލާ ހަނދާން ނެތް ކަމުގައި ވިޔަސް އަހުރެމެން އެކުގައި ހޭދަ ކޮއްފައިވާ ވަގުތު ތަކަކީ މިނެ ކިރުމެއް ނުވާ ހަމަހަމަ ކަމާއި ހިއްހަމަޖެހުމުން ފުރިފައިވާ އަބަދުގެ އަބަދައް ވަކިނުވާނެ ކަމުގެ ޔަޤީންކަން އެކަކު އަނެކަކަށް ދިން ރޭތަކާއި ދުވަސްތަކެވެ.

އެއް އަތްތެރެއައް ކަލާ ލައިގެން އަނެއްއަތުން ކަލާގެ ހަށިގަނޑުގެ ކީބޯޑްތަކައް ފިއްތަމުންނެވެ. ވިއްސާރަ ރޭތަކުގައި ޖެހި ލޯބިގެ ލަވަތަކާއި، ފޫހިވެގެން އުޅުން ވަޤުތުގައި ކަލާއާއި އެކުގައި ބެލިފައިވާ ފިލްމުތައް މަތިން އަދިވެސް ހަނދާން އެބަހުއްޓެވެ.

އެރޭތަކުގާ ހާދަ ބާރަކަށް ދެމީހުންނަށްވެސް ހެވުން ދޯއެވެ. ބެލި ބިރުވެރި ވީޑިއޯތަކުން ބިރުން އުޅުނު ވަޤުތުތައް އަހަރެންނައް ވިސްނަދިނީ އެއީ ހުސް ކުޅެފައި ހުންނަ އެއްޗެހި ކަމުގައެވެ. އެގޮތައް ކޮއްލާ ކޮންމެ ސަމާސާއަކުން މި ނިކަމެތި ހިތް ބަހާރުގެ މާތައް ފޮޅޭހެން އުފަލުން ނަށާކަހަލައެވެ.

ވިއްސާރަ ރޭތަކުގައި އެ އިއްވަދިން މަޑުމޮޅި ރާގު ތަކުން ގިރާލި ކޮފީތަށި މަތިން ހަންދާންނެތިކޮއްލައެވެ. ލިބޭ ހުރިހާ ހުސްވަގުތުތަކެއް ކަލާއެކުގައި ހޭދަކޮއްލެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް މިހާރަކަށްއައިސް ވަމުން އަންނަ ގޮތްތަކަކުން ހިތައް ނުތަވަސްކަން ލިބެނީ އިންތިހާއަށެވެ. ކޮންމެ ރެއަކު އަހުރެންގެ ހިތް ރޮއްވާލުމުގެ ޙައްޤު ކަލާއަށް ދިނީ ކޮން ފަރާތަކުން ކަން އޮޅުންފިލުވައި ދީފާނަން ހެއްޔެވެ؟

ލޯބިވާއެވެ. އަޅެ ބުނެދީބަލާށެވެ. ކަލާ އަހުރެންދެކެ ނަފްރަތު ނުކޮށް ލޯބިވާނެގޮތެއް ނޫނީ އަމަލް ކުރަން ވީ ގޮތުގެ ކުޑަނަމަވެސް ތަފްޞީލެއް މެސެޖްކޮއްލަ ދީބަލާށެވެ. އެކަންތައްތަކާ ވިސްނައި ވިސްނައި މިހިތް މުޅިން ބޭޤަރާރު ވެއްޖެއެވެ. އާއިލާމީހުންނާއި އަވަށްޓެރިންނާއި ރައްޓެހި ރަޙްމަތް ތެރިންވެސް ކަލާގެ ބޭއިންސާފުން ސަލާމަތް ވުމަށްޓަކައި ވަރަށް ނަސޭހަތްދެއެވެ. މިހިތް މުޅިން މާޔޫސްވެ ބޭޤަރާރުވެފައި އޮއްވާ ނިދެނީ ކިތައްރޭކަން އިނގޭނީ ހަމަ ޚުދް އަހުރެންނަށެވެ.  ނަމަވެސް ކެއްކުރެވޭތޯ އަދިވެސް ބަލާނަމެވެ.

މީގެ 16 އަހަރު ކުރިންފެށިގެން ތިޔަ އިންތިޒާރުގައި ކެއްކުރި ގޮތަށެވެ. މިއީ ހަމަ އަޖައިބެއް ފަދަ ލޯތްބެކެވެ. މި ލޯބީގައި ފޫހިވުމެއް ނެތެވެ. ހިނިތުންވަމުން ބަލަނީވެސް މިކަމުގައި ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތިއެވެ.

ބުނާތީ އަޑުއަހަމެވެ. އިންތިޒާރުގެ ނިމުން އެއްބައި އިންސާނުންނަށް އުފާވެރިކަން ގެނެސްދޭ ފަދައިން އަނެއްބައި މީހުންނައް އެއީ ހިތުން ނުފިލާނެ އުމުރު ދުވަހުގެ ދާއިމީ ވޭނަކައްވެސް ވާފަހަރު އާދެ އެވެ. މިއީ ހަމަ އެކަނި ކަލާގެ ޙައްޤެކެވެ. މި ދުނިޔޭގެ އެންމެން ކަލާއާއި ޚިލާފުވިކަމުގައި ވީނަމަވެސް އަހުރެން އަބަދުގެ އަބަދައްވެސް ކަލާޔަށް ޤަދަރުކޮއް އިޚްތިރާމް ކުރާނެ ކަމުގެ ޔަގީންކަން ވަރަށް ކެރިހުރެގެން މިދެނީ ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި ހުރިކަން އަންގައި ދެމުންނެވެ.

#ދިރާގުޑާޓާ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *