ލޯކައިރި ވަށައިގެން ކަޅުވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. ލޯކައިރި ކަޅުވުމުގެ ސަބަބުން މޫނުމަތީގެ ތާޒާކަން ގެއްލި، އަބަދުވެސް ވަރު ބަލި ފާޑު މޫނުމަތިން ޖަހައެވެ. މިއަދު މިބަލައިލަނީ ލޯކައިރި ކަޅުވުން ހައްލު ކުރުމަށް ގޭގައި ކުރެވިދާނެ ތިން ފަރުވާއަކަށެވެ.
1. ކިޔުކަންބާ ފޮއްޗެއް ލޯމަތީގައި ބޭއްވުން: ކިޔުކަންބާއަކީ އޭގައި ހަންގަނޑު އަލިކުރުމުގެ ގާބިލުކަން ހުންނަ އެއްޗެކެވެ. ތާޒާ ކިޔުކަންބާއެއް ބޯކޮށް ވައްފޮއްޗަށް ކޮށައިލުމަށްފަހު، ފުރިޖުގައި 30 މިނެޓްވަންދެން ބަހައްޓާށެވެ. އަދި ލޯމަތީގައި 10 މިނެޓް ވަންދެން ކިޔުކަންބާ ފޮތި ބާއްވާށެވެ. އެއަށްފަހު ތާފަނާ ފެންފޮދަކުން ލޯކައިރި ދޮވެލާށެވެ.
2. ކިޔުކަންބާ ދިޔަ އަދި ލުނބޯދިޔަ: ކިޔުކަންބާގެ ދިޔަ އާއި ލުނބޮލުގެ ދިޔަ ފެލުމަށްފަހު އެއްވަރަކަށް އެއްކޮށްލާށެވެ. ދެން ކަފަކޮޅެއް ބޭނުންކޮށްގެން ލޯކައިރީގައި އުނގުޅާށެވެ. އެއަށްފަހު 15 މިނެޓުވުމުން ތާފަނާ ފެންފޮދަކުން ލޯކައިރި ދޮވެލާށެވެ.
3. ލޯމަތީގައި ފިނި ސައިފަތް ޕެކެޓް ބޭނުން ކުރުން: ސާފު ފެނުގައި ސައިފަތް ޕެކެޓް ފޯވަންދެން ބޭނުން ކުރުމަށްފަހު 30 މިނެޓް ވަންދެން ފުރިޖުގައި ބަހައްޓާށެވެ. ދެން 10 މިނެޓް ވަންދެން ލޯމަތީގައި ބާއްވާށެވެ. ދުވާލަކު ދެ ފަހަރު މިގޮތަށް ހެދިދާނެއެވެ. އެއަށްފަހު ތާފަނާ ފެންފޮދަކުން ލޯކައިރި ދޮވެލާށެވެ.
މައުލޫމާތު ނެގީ
https://www.foreo.com/mysa/27-ways-get-rid-dark-circles-and-bags-under-eyes/














