މޯލްޑިވިއަން އައިޑްލް އިން ގިނަ ކުރިއެރުންތަކެއް ޙާޞިލް ކޮށްފައިވާ މަޝްހޫރު ލަވަކިއުންތެރިޔާ އަބްދުﷲ ހިޝާން މޯލްދިވިއަން ނެޝަނަލް ޕަޓީ(އެމްއެންޕީ) އާއި ގުޅިވަޑައިގެންފިއެވެ.
ޙިޝާން އަކީ 2017 ވަނަ އަހަރުގެ މޯލްޑިވިއަން އައިޑްލްގައި ގިނަ ކުރިއެރުންތަކެއް ހޯދާފައި އަދި ގިނަދިވެހިންގެ ތަރުޙީބު ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިއެކެވެ.
އެމްއެންޕީ ވުޖޫދުވި ފަހުން ރާއްޖޭގެ ސިޔާސީ މަސްރަޙުގެ އިސް ސަފުގައި ޙަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުންނާއި ޒުވާނުންގެ ތެރެއިން ގިނަބަޔަކު އެމްއެންޕީއާއި ގުޅިވަޑައިގަންނަވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.
އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީދާއިރާ ތަމްސީލް ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ އެމްއެންޕީއަކީ މުސްތަޤްބަލު އޮތް ޕާޓީއެއް ކަމުގައެވެ. އަދި ޒުވާނުން ބޭނުންވާ ދާއިރާތަކުން ކުރިޔަށް ދިއުމުގެ ފުރުޞަތުތަކާއި ޕާޓީގެ އިސް މަޤާމުތަކަށް ވަޑައިގަތުމުގެ ފުރުޞަތު ވެސް އެމްއެންޕީއިން ޒުވާނުންނަށް ހުޅުވާލައްވާފައި ވާކަމުގައި ނާޒިމް ވިދާޅުވި އެވެ.
އެމްއެންޕީއާއި ގުޅީވަޑައިގަންނަވަމުން ގެންދަވާ އިސް ލީޑަރުންގެ ތެރޭގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރ ކަންވެސް ކުރައްވާފައިވާ ދުންޔާ މައުމޫން އާއި އަދާލަތު ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ކަނބަލެއްކަމުގައިވާ ކުރީގެ ޖެންޑަރ މިނިސްޓަރ ކަންވެސް ކުރައްވާފައިވާ ސިދާތާ ޝަރީފު ވެސް ވަނީ އަދާލަތުޕާޓީ ދޫކުރައްވައި އެމްއެންޕީއާއި ގުޅިވަޑައިގެންފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ފުންނާބު އުސް ފަންނާނުންނާއި އާއްމުންގެ ގިނަ ބަޔަކުވެސް އެމްއެންޕީއާއި ގުޅެމުން ދާކަން ފާހަގަ ކުރެވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ ތަމްސީލްކުރައްވާ އަޙްމަދު އުސާމް އަށް ދެއްވާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.
އެމްއެންޕީ އުފެއްދުމުގައި އުޝާމްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީދާއިރާ ތަމްސީލްކުރައްވާ މުޙައްމަދު ނާޒިމް( ކާނަލް ނާޒިމް)އާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު (ޖޭ4)ގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ގެންދަވަނީ އިސްދައުރެއް ފުރިހަމަކުރައްވަމުން ނެވެ.
އެމްއެންޕީން ހާމަކުރެއްވި ގޮތުގައި އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރުވަނީ ހަމަވެފައެވެ. ނަމަވެސް އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަން ހުށަހަޅުއްވާއިރު 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އެމްއެންޕީން ހާމަކުރައްވަ އެވެ.














1 ކޮމެންޓް
ތިކަހަލަ ވާނުވާނޭގޭ މީހުން ގުޅުނަސް ޖެހިލުމެއްނެތް