Search Streamline Icon: https://streamlinehq.com

ފަހުގެ

ރައީސް ޔާމީނާ އެކީގައި މަސައްކަތް ކުރަން ބޭނުންނުވާ ޕާޓީ އަކާއި އެކު އިދިކޮޅު ކޯލިޝަނުން މަސައްކަތެއް ނުކުރާނެ: އަދުރޭ

Big ggTvtN6Wxika0TS8rEmnczyjK

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ އަބްދުލްޤައްޔޫމް އާއި އެކު މަސައްކަތް ކުރަން ބޭނުންނުވާ ސިޔާސީ ޕާޓީއަކާ އެކު ޕީޕީއެމް އަދި ޕީއެންސީ އިން މަސައްކަތް ނުކުރާނެކަމަށް، ޕީއެންސީގެ އެކްޓިވް ލީޑަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރައީސް ޔާމީން އާއި އެކު ދުވަހަކުވެސް މަސައްކަތެއް ނުކުރައްވާނެކަމަށާ، އެހެންނަމަވެސް ޕީޕީއެމް އާއިއެކު މަސައްކަތް ކުރައްވާނެކަމަށް ކާނަލް ނާޒީމް ވިދާޅު ވުމާއިގުޅިގެންނެވެ.

ނާޒިމް އުފެއްދެވި ސިޔާސީ ޕާޓީ އެމްއެންޕީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ވަނީ ރަޖިސްޓްރީކޮށްފައެވެ. އެކަމާއި ގުޅިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީން މަސައްކަތް ކުރާނެ އުސޫލު ނިންމާނީ ޕާޓީގައި މަޝްވަރާކޮށް މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. ރައީސް ޔާމީނާއެކު މަސައްކަތް ނުކުރައްވަން ނިންމެވީ އަމިއްލަފުޅަށް ކުރެއްވުނު އެތައް ތަޖުރިބާތަކެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އެ ހުރިހާ ވާހަކަތައް މިވަގުތު ތަފްސީލުކޮށްދެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި