Search Streamline Icon: https://streamlinehq.com

އެލްޖީއޭ ގެ ކުރީގެ ނައިބު ރައީސް ސުޖާއު އެމްއެންޕީ އަށް

Sujau

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބު ރައީސް ސުޖާއު ހުސައިން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއި ކޮށްފިއެވެ.

ސުޖާއު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވެސް ކުރިން ހާމަކުރައްވާފައެވެ. ނަމަވެސް ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

އެމްޑީއޭ އާއި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި ސުޖާއު އެމްއެންޕީއާ ގުޅުނުއިރު، އެކަމާއި އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ސުޖާއު އެ ޕާޓީއާ ގުޅިވަޑައިގަތީ މި ގައުމާއި ދޭތެރޭގައި އޮތް ލޯތްބަކާއި ކުލުނަކާއި އެކުގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ސުޖާއު އަކީ ސިޔާސީ ތަޖުރިބާ އާއި ޒުވާނުންނާއި އެކީ މަސައްކަތް ކުރައްވާ އަދި ރާއްޖޭގައި ލާމަރުކަޒީ އުސޫލުން ގައުމު ހިންގުމުގައި މުހިންމު މަސައްކަތެއް ކުރައްވާފަައިވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މި ޕާޓީއަކީ ހުޅުވާލެވިފައި އޮތް ޕާޓީއެއް ކަަމަށާއި، ޕާޓީގައި ކުރާ މަސައްކަތްތަކުން ކޮންމެ މަގާމެއްވެސް ހޯދޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި