Search Streamline Icon: https://streamlinehq.com

ޑރ ޖަމީލުގެ ފުރިހަމަ ތާއީދު މުއިއްޒަށް އޮތްކަން ހާމަކޮށްފި

Dr.Jameel

ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލެއްވި ޑރ މުއިއްޒަށް ފުރިހަމަ ތާއީދުއޮތްކަން ޕީޕީއެމް ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓުގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަޙުމަދު ހާމަކުރައްވައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން އިންތިޚާބުގައި ވާދަކުރައްވާ ޑރ މުއިއްޒުގެ ކެންޑިޑެސީ ފޯމު މިއަދު ހުށައެޅުމާއި ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިލް ކޮންގްރެސްގެ ސެނެޓާއި އާންމު މެމްބަރުންނާއި ލައްކައަކަށް ވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއި އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުން ކަމަށެވެ.

އަދި މީގެ އިތުރުން ޖަމީލު ވިދާޅުވީ ސެނެޓުގެ ވިސްނުމާއި އެއްގޮތަށް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންވެސް ބަދަލުކުރައްވަވާފައިކަމަށެވެ.

“ އަޅުގަނޑުގެ ފުރިހަމަ ތާއީދު ތިޔަ ކެންޑިޑޭޓުންނަށް ލިބިވަޑައިގަންނަވާނެ“ ޖަމީލު ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގް:

1 ކޮމެންޓް

  1. މާދަމާ މުއިއްޒު ވަރުގެ ނުބައިމީހަކު ނެތްކަމަށް ޖަމީލު ވިދާޅުވާނެ.

Leave a Reply to އަހްމަދު ފުޅު Cancel reply

Your email address will not be published. Required fields are marked *


ގުޅުންހުރި