Search Streamline Icon: https://streamlinehq.com

ބާރަށުގައި ރީތި މިސްކިތެއް ބިނާކޮށްދޭނަން: ޑރ.މުއިއްޒު

Muizzu

ހއ.ބާރަށުގައި ރީތި މިސްކިތެއް ބިނާކޮށްދެއްވަން އިދިކޮޅު މައި ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވައުދައްވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބާރަށަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ބާރަށަކީ އާސާރީ ގިނަ ބިނާތަކެއް ހުންނަ ރަށެއް ކަމަށާއި، އަދި އެހާމެ ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލެއް ކަމުގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި އެރަށުގައި ރީތި މިސްކިތެއް ބިނާކޮށްދެއްވާނެ ކަމަށް މުއިއްޒު ވައުދުވެ ވަައިގެންނެވިއެވެ.

”އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ މިރަށުގައި ރީތި މިސްކިތެއް އަޅައިދޭން.“ މުއިއްޒު ވިދާޅުވިއެވެ.

ބާރަށަކީ ގުދުރަތީގޮތުން ރީތި ރަށެއް ކަމަށާއި އެރަށުގެ ރީތިކަން ދަމަހައްޓަން އެމަނިކުފާނުގެ ސަރުކާރެއްގައި ގިނަ މަސައްކަތްތައް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން އެރަށުގެ ވަށައިގެން އޮންނަ މަގު ތަރައްޤީކޮށް އެރަށުގެ ކަނޑޫފަލާއި އާސާރީ ތަންތަން ބަލަން އަންނަ ފަރާތްތަކަށް ފަސޭހަ ކަމާއެކު ދަތުރުކުރެވޭނެ ގޮތް ހަދައިދެއްވާނެކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

”މިރަށުގައި އާސާރީ އެތައް ކަމެއް އެބަހުރި، އެހެންވީމާ އާސާރީ ތަންތަން ބަލާލަން އަންނަ ފަރާތްތަކާއި މިރަށުގެ ކަނޑޫފަލުގެ ސަރަހައްދަށް ވަޑައިގަންނަވާ ފަރާތްތަކަށް އޭގެ މަންފާ ލިބިގެންދާނެ. މިކަންތައްތަކާއި ގުޅިގެންވެސް ގިނަ ވަޒީފާތައް އުފެދިގެން އަންނާނެ.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށާއި، ތަފާތު ކުރުމެއް ނެތި އެންމެނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމުގަ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި މިހާރަށްވުރެ ވަޒީފާތައް އިތުރުވެގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

ވަޒީފާތަކުގެ ފުރުސަތުތައް ހޯދައި ދިނުމަކީ ޕްރޮގްރެސިވް ކޯލިޝަން ސަރުކާރެއްގައި ދެވަނައަށް އެންމެ އިސްކަން ދެއްވާނެ ކަންކަން ކަމަށެވެ. އަދި އެންމެ އިސްކަން ދެއްވާނެ ކަމަކީ ގެދޮރުވެރިކަން ކަަންވެސް ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ އިސްކަން ދޭނެ ކަމަކީ ހުރިހާ ރައްޔިތުންގެ ގެދޮރުވެރިކަމުގެ ހައްގު ތި ހުރިހާ ރައްޔިތުންނަށް ހޯދާ ދިނުން“. ޑރ. މުއިއްޒު ވިދާޅުވިއެވެ

މީގެއިތުރުން ބާރަށުގެ ސިއްޚީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ރަށުން ލިބެންނެތް ގިނަ ޚިދުމަތްތައް ސިއްޚީ މަރުކަޒުން ލިބޭނެގޮތް ހަދައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ދައުރުގައި އެރަށުގައި އަޅާފައިވާ ޖެޓީ މިހާރު އޮތީ މަރާމާތު ކުރަން ޖެހިފައި ކަމަށާއި އެކަންތައް ޔަޤީނުންވެސް ކުރާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި