ސިނާއީ މަސައްކަތްކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށްޓަކައި ހއ. ދިގުފަރު ފަޅު ހިއްކައި އިހަވަންދޫއާއި ގުޅާލަ ދެއްވާނެކަމުގައި އިދިކޮޅު އެންމެ ބޮޑު ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރާއްޖޭގެ އުތުރުން މަސްވެރިކަމުގެ އެއް ހަބު ކަމަށްވާ އިހަވަންދޫ މަސްވެރިވެރިންނަށް ދިމާވާ އެކިއެކި ދަތިތަކުގެ ޝާކުވާއަޑު މެދުނުކެނޑީ އިވެމުންދާ މިދަނޑިވަޅުގައި، ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސްވެރިކަން ކުރިއަރުވައި، އެ ދާއިރާގައި ހުރި ޝަކުވާތައް ހައްލު ކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމުގައެވެ. ނަމަވެސް މުއިއްޒު ވަނީ އިހަވަންދޫގައި މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖަހާނެ ކަމަށް ވިދާޅުވެފަ އެވެ.
އިހަވަންދޫ އަކީ ފައިބަރުން މަސްއޮޑިފަހަރުބަނުމުގެ ލާމަސީލު ރަށެކެވެ. މުއިއްޒު ވިދާޅުވީ އިހަވަންދޫގައި ފައިބަރު ދޯނި ބަންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ގާތުގައި ކަމަށާއި، މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރީގައި ފައިބަރު މަސައްކަތްކުރުމަކީ ޞިއްޙީގޮތުން ވެސް ވަރަށް ގެއްލުންހުރި ކަމެއް ކަމުގައެވެ. މުއިއްޒު ވިދާޅުވީ ކަން މިހެން ހުރިނަމަވެސް އިހަވަންދޫއާއި މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އެކަން ކުރާނެ އިތުރު ބިމެއް ނެތް ރަށެއްކަމަށާއި ދެން އޮންނާނީ ބިން އުފެއްދުން ކަމުގަ އެވެ.
އެހެންކަމުން އިހަވަންދޫއާއި ޖެހިގެން އޮނަން ދިގުފަރު ހިއްކައި، އިހަވަންދޫ ރައްޔިތުން އެދޭ ގޮތަށް ސިނާއީ ކަންކަމަށް ބިން ޚާއްޞަކޮށް ދިގުފަރާއި އިހަވަންދޫ އާއި ގުޅުވައިލަދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.













