Search Streamline Icon: https://streamlinehq.com

ފުށިދިއްގަރު ފަޅު ހިއްކައިގެން އެކޯ ސިޓީއެއް ޤާއިމުކުރާން: ގާސިމް

Gasim Ibrahim

މާލެސިޓީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުގައި އެކޯސިޓީއެއް ޤާއިމުކޮށްދޭން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ގާސިމްގެ ސަރުކާރުގައި ކަށަވަރު ބޯހިޔާވަހިކަމާއި, ސްމާޓް ރާއްޖެ އާއި ދެމެހެއްޓެނިވި ތިމާވެއްޓާއި، އިގުތިސޯދު ސިޔާސަތުގެ ދަށުން 30،000 މީހުންނަށް ދިރިއުޅެވޭ ގޮތަށް ފުށިދިއްގަރު ފަޅުގައި އެކޯ ސިޓީއެއް ޤާއިމުކުރުމަށް މިވަނީ ހަމަޖެހިފައެވެ.

ސިމްގެ މެނިފެސްޓޯގައި ބުނާގޮތުން ފުށިދިއްގަރު ފަޅަކީ 1400 ހެކްޓަރުގެ ފަޅެކެވެ. އެފަޅުން 1000 ހެކްޓަރު ހިއްކާއިރު ފަޅު ހިއްކާނީ ލޮނުގަނޑަށް ވުރެ ދެ މީޓަރު އުސްކޮށް ކަމަށެވެ. އަދި ފަސް އަހަރުގެ ތެރޭގައި 10،000 ހައުސިން ޔުނިޓުތައް އަޅާނެ ކަމަށާއި މިހާރަށް ވުރެ ޔުނިޓުތަކުގެ ޖާގަ ތަނަވަސް ވާނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ. އަދި މި ސިޓީ ތަރައްގީކުރަނީ ސޯލާ ފަދަ ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް އެޕާޓީން ބުނެއެވެ.

މި ޕްލޭންގެ ދަށުން އެކޯސިޓީގައި ޕާކުތަކާއި، އެންޓަޓެއިންމަންޓް އަދި ބިޒްނަސް ސެންޓަރުތަކާއި ޝޮޕިން މޯލްތަކާއި ކޮންވެންޝަން ސެންޓަރުތަކުގެ އިތުރުން ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކާއި ސްޕޯޓްސް އެރީނާތަކާއި ގްރީން އޭރިއާތައް ޤާއިމުކުރެވިގެންދާނެއެވެ.

ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކަށް ބަލާއިރު ރައްޔިތުންނަށް ފައިދާކުރާނެ ގިނަ ކަންތައް ހިމަނާފައިވާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ. އެގޮތުން:

އިސްލާމްދީންނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުން.
އިސްލާމީ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ނަމޫނާ ދެއްކުން.
ގުރުއާން ތަފްސީރު ދިވެހި ބަހުން އެކުލަވާލުމާއި.
ރާއްޖޭގެ ސަރަހައްދުތަކުގައި އިސްލާމިކް ސެންޓަރުތައް ގާއިމް ކުރުން.
65 އަހަރުން މަތީގެ 100 މީހުން ސަރުކާރުގެ ހަރަދުގައި ކޮންމެ އަހަރަކު ހައްޖަށް ފޮނުވުން.
ތައުލީމާއި ތަރުބިއްޔަތުގެ ތެރެއިން ދީނުގެ ސައްހަ އަގީދާ ފެތުރުން.
ދިވެހި ބަހުގެ ދީނީ ފޮތް އިތުރުކޮށް އިސްލާމީ ލައިބްރަރީއެއް ގާއިމްކުރުން.
500 ހާފިޒުން އުފައްދައި 3000 ރުފިޔާގެ އެލަވެންސެއް ދިނުން.
ފަތުވާ މަޖިލިސް ހަރުދަނާކުރުމާއި،
މަތީ ކޯސްތަކުން ދަސްވެނިވުމުގެ ކުރިން އިސްލާމީ އަހުލާގިއްޔާތު މޮޑިއުލްއެއް ކިޔަވައިދިނުން
ފަތުވާ މަޖިލީހުގެ ލައަކީ ސަރުކާރުން އަަމަލުކުރަންޖެހޭ އުސޫލަކަށް ހެދުން.
ރާއްޖޭގައި ހަދާ ގާނޫނުތަކަކީ އިސްލާމީ ޝަރީއަތާއި އެއްގޮތްވާ ގަވާއިދުތަކާއި ގާނޫނުތަކެއްކަމުގައި ހެދުން
ހެދޭ ގަވާއިދުތަކާއި ގާނޫނުތައް ކަށަވަރުކުރާ ޝަރުއީ ލަފާދޭ ގާނޫނީ ބާރު ލިބިދޭ ކޮނިޓީއެއް ގާއިމްކުރުން

ދީނީ އިލްމުވެރިންގެ މަހާސިންދާތަކުން ނިންމާ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުކަމުގައި ހިމެނުންފަދަ އުއްމީދީ ވައުދުތަކެއް ވަނީ ހިމަނާފައެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި