Search Streamline Icon: https://streamlinehq.com

ބޯހިޔާވަހިކަން ހޯދަން ފޯމު ހުށަހެޅި ފަރާާތްތަކުގެ ތެރެއިން، ހިކި ފަސް ތަނަކުން ގޯއްޗެއް ލިބުނީ މަދު މީހަކަށް: އާޒިމް

F1VypgaaAAAIzCX

”ބިންވެރިޔާ“ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ހޯދަން ފޯމު ހުށަހެޅި ފަރާާތްތަކުގެ ތެރެއިން، ހިކި ފަސް ތަނަކުން ގޯއްޗެއް ލިބުނީ މަދު މީހަކަށް ކަމަށް ބުނެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުން ގޯތި ދޫކުރުމާއި ގުޅިގެން، ޢާޒިމް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަން ހޯދަން ފޯމު ހުށަހެޅި ފަރާާތްތަކުގެ ތެރެއިން، ހިކި ފަސް ތަނަކުން ގޯއްޗެއް ލިބުނީ މަދު މީހަކަށް ކަމުގައެވެ.

ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ޓެގް ކުރައްވައި، ޢާޒިމް ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވީ މި ވެރިކަން ނިމެން ބާކީ އޮތީ 21 ދުވަސް ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ހުޅުމާލޭގައި ވަކިބަޔަކަށް ދިނުމަށް 700 ގޯތި ފަހަށް ބަހައްޓާފައިވާކަމަށެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ.

އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި