Search Streamline Icon: https://streamlinehq.com

ޑިފެންސް މިނިސްޓަރަށް ހުއްދަ ނުދެވޭ ހިސާބަށް އުތުރު ތިލަފަޅުގެ ކަންކަން ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އަލީ ވަހީދު

FB IMG

އުތުރު ތިލަފަޅަށް މި ރާއްޖެގެ ސިފައިންނަށް ނުވަތަ ރާއްޖެގެ ޑިފެންސް މިނިސްޓަރަށް ހުއްދަ ނުދެވޭ ހިސާބަށް އުތުރު ތިލަފަޅުގެ ކަންކަން ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓާއި ކެމްޕެއިން ޓީމުން ށ ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އަލީ ވަހީދު ވިދާޅުވީ އެކި ނަންނަމުގައި މި ރާއްޖެއަށް ބޭރުގެ ސިފައިން މިދަނީ ވައްދަމުން ކަމަށާއި ކައިރީގައި އޮތް ހަނިމާދޫއަށް ބަލައިލި ކަމުގައި ވިޔަސް އެކަން ވަރަށް ސާފުކޮށް އެނގެން އޮތްކަމަށެވެ.

މިގެ އިތުރުން ހެލިކޮޕްޓަރެއް ދުއްވަން ރާއްޖޭގެ ޕައިލެޓުންނަށް ނޭނގޭ ކަމުގައި ރާއްޖޭގެ ވަޒީރުން ނުވަތަ ވެރިން ވިދާޅުވާނަމަ އެއީ އެބައިމީހުންގެ ވިސްނުމުގެ ކޮށިކަމެއް ނުވަތަ އެއީ އެހެން އެޖެންޑާއެއްކަމުގައި އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިގޮތަށް ކަންތައްވާން ދޫކޮށްލައިގެން ތިބޭނަމަ، އަދި މުސްތަގުބަލުގައި ވާނެގޮތަކަށް ނުވިސްނައިފިނަމަ ދެން މާދަމާ ވާނެގޮތަށް އަޅުގަނޑުމެން ކަރުނަ އަޅަންޖެހިދާނެކަމަށެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި