މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ރިޔާސީ އިންތިހާބު ރައީސް ޞާލިޙް ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން މަހްލޫފް ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ރިޔާސީ އިންތިހާބު ރައީސް ޞާލިޙް ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިކަން ފަސޭހަކަމާއި އެކު ނިންމާލެނޭ ކަމަށެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ލިބުމުން މީސް މީޑިއާގައި ޖޯކު ޖަހާ, މަލާމާތްކޮށް ހަދާއިރު ނިކަމެތި މީހާ އެޅޭ ހާލު ވިސްނާލަން ޖެހޭ ކަމަށާއި އެއީ މަލާމާތް ކުުރުމުގެ ބަދަލުގައި އުފާކުރަން ޖެހޭ ކަމެއްކަމަށެވެ.
އަދި މާލޭގައި 1200 އަކަފޫޓުގެ ގެތަކުގައި 20 މީހުން ވެސް ދިރިއުޅެމުންދާ ކަމަށާއި އެމީހުންނަށް މާލެއިން ބިންކޮޅެއް ދިނުމުން އެއީ އެކަން މައްސަލައަކަށް ހަދާ މީހުންގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށް މަހްލޫފް ވިދާޅުވިއެވެެ.
އަދި މާލެ ރައްޔިތުންނަށް މި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާ އެ ބިމުގަ ރަނގަޅު ގެދޮރު ބިނާކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅުމަށް މި މާލެއިން ބޮޑުކޮށް ނިންމަން އެބަ ޖެހޭކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.













