Search Streamline Icon: https://streamlinehq.com

ތަރައްގީއަކީ ފެނާއި ނަރުދަމާ ހަދާ ބަނދަރާ މަގު ހެދުމެއް ނޫން: ނާޒިމް

Nazim

ތަރައްގީއަކީ ފެނާއި ނަރުދަމާ ހަދާ ބަނދަރާ މަގު ހެދުމެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ތަރައްގީއަކީ ރައްޔިތުންގެ ޖީބަށް ފައިސާ ވަދެ އެ މީހުން ތަނަވަސްކަމާއި އެކީ އުޅުންކަމަށެވެ.

އެހެންނަމަވެސް މިއަދު އެ މަންޒަރު ފެންނަމުން ނުދާ ކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުވެގެން ނޫނީ ރައްޔިތުންނަށް ހިތްހަމަޖެހޭ އުފަވެރި ދިރިއުޅުމެއް ނުފެންނާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެ ޕާޓީގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިގްތިސާދަށް ކަމަށާއި ރާއްޖޭގެ އިގްތިސާދު ރަނގަޅުވެއްޖެ ނަމަ އިޖްތިމާއީ މައްސަލަތައް ވެސް ހައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ވަރަށް ގިނަ ސަރުކާރުތަކަށް ފުރުސަތު ދެވިއްޖެ ކަމަށާއި ޕީޕީއެމް ސަރުކާރަށް ވެސް އައްޑޫ ތަރައްްގީ ކުރަން ފުރުސަތު ލިބުނު ކަމަށެވެ. އެހެންނަމެވެސް އެ ސިޓީ އަށް ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް ފުއްދިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި