Search Streamline Icon: https://streamlinehq.com

އެމްއެންޕީގެ ސަރުކާރެއްގައި ފުވައްމުލައް ސިޓީގައި ޒަމާނީ ފުރިހަމަ ޑައިވް ސެންޓަރެއް އަޅައިދޭނަން

Nazim

ފުވައްމުލައް ސިޓީގައި އެންމެ ބޮޑު އިގްތިސާދީ ނަފާއެއް ލިބޭ ކަމަކީ ޑައިވްކުރުން ކަމަށާއި އެ ސިޓީގައި ފުރިހަމަ ޑައިވިންގ ސެންޓަރެއް ގާއިމުކޮށް ދެއްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ޖަލްސާގައި އެ ސިޓީގައި ވާހަކަ ދައްކަވަމުން އެ ސިޓީގައި ވަރަށް ގިނަ ޑައިވިންގ ސެންޓަރުތައް ހުރިކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެ ސިޓީއަށް މީހުން ނާންނަ ނަމަ، ޑައިވިންގ ސެންޓަރުތަކުގައި ހަރަކާތްތައް ނުހިންގޭނެ ކަމަށެވެ.

ނާޒިމްގެ އިގްތިސާދީ ޕްލޭން ހާމަކުރައްވަމުން ވިދާޅުވީ އޭނާގެ އިގްތިސާދީ ޕްލޭނަކީ އެ ރަށަށް އެންމެ ފުރަތަމަ ވެސް ވަރުގަދަ ޑައިވިންގ ސެންޓަރެއް ހެދުން ކަމަށެވެ. އަދި އެ ސެންޓަރަކީ ތަފާތު ހިދުމަތްތައް ދެވޭނެ ތަނަކަށް ހައްދަވާނެ ކަމަށެވެ.

އެގޮތުން އެތަނުގައި މީހުންނަށް މުނިފޫހި ފިލުވުމާއި ޑައިވްކޮށްލައިގެން އަރާފަހުން ދޭނެ ހަރަކާތްތައް ލިބެން ހުންނަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެންޕީގެ ސަރުކާރެއްގައި ފުވައްމުލައް ސިޓީގައި ފުރިހަމަ ޑައިވް ސެންޓަރެއް އަޅާ، ޑައިވްކުރަން އަންނަ މީހުންނަށް އެ މީހުން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި