Search Streamline Icon: https://streamlinehq.com

ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ވެރިކަމެއްގައި ތިނަދޫ ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިދޭނަން: ޑރ.މުޢިއްޒު

Muizzu 2023 fenvaru PPM PNC

ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ވެރިކަމެއްގައި ގދ. ތިނަދޫ އަށް ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވާނެކަމުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ތިނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަސްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ތިނަދޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، ތިނަދޫ އަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ ހުރިހާކަމެއް އެމަނިކުފާނުގެ ވެރިކަމެއްގައި ކުރައްވާނެކަމުގަ އެވެ. އަދި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ މިންވަރަށް ރައީސް ޔާމީންގެ ވެރިކަމުގައި އެރަށް ތަރައްޤީ ކުރައްވާފައި ވާކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުޢީއްޒު ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އާބާދީގައި 8،000 މީހުން ހަމަވާނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބެންޖެހޭ ކަމަށް ޤާބޫލުފުޅުކުރައްވާ ކަމުގަ އެވެ.

ތިނަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއިން ތިނަދޫ ރައްޔިތުން ތިބީ ކިހިނެއްކަން އެނގިވަޑައިގެންފި ކަމަށާއި، އެހެންކަމުން އަންނަ ސެޕްޓެމްބަރ 9 ވަނަދުވަހު އޮންނަ ރިޔާސީ އިންތިޚާބު އެއްބުރުން އެމަނިކުފާނު ހޮވުމަށް ވޯޓްދެއްވުމަށްވެސް ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވަނީ އެދިލައްވާފަ އެވެ.

ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު  އާއި އެމަނިކުފާނުގެ ރަނިންގމޭޓް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ދަންނަވަމުްނ ގެންދަވަނީ ވަރަށް ހޫނު މަރުޙަބާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި