Search Streamline Icon: https://streamlinehq.com

މަސްވެރިންނަށް ހާއްސަ އިންޝުއަރަންސްއެއް ތައާރަފްކޮށްދޭނަން: ނާޒިމް

Nazim

މަސްވެރިންނަށް ހާއްސަ އިންޝުއަރަންސްއެއް ތައާރަފްކޮށްދެއްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ގއ.ވިލިގިނލީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ކުރީ ސަރުކާރުތަކުގައި މަސްވެރިންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަަމަށް ވިދާޅުވެފައެވެ.

މަސްވެރިންނަށް މިހާތަަނަށް އޮތް އެންމެ ބޮޑު ދައްޗަކީ މަސްވެރިންނަށް ބޭންކުތަކުން ލޯނު ހޯދުމަށް އޮތް ދަތިކަން ކަމަށާއި މަސްވެރިންގެ އެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިންނަށް ހާއްސަ އިންޝުއަރަންސް އެއް ތައާރަފްކޮށް، 20 އަހަރު ތެރޭ ފައިސާ ލިބޭނެގޮތް ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު މަސްވެރިންނަށް މަސްކިރުވުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަަމަށާއި އެގޮތުން ކޫއްޑޫގައި 200 ޓަނު މަސް ބަންދުކުރެވޭނޭ ކާރުޚާނާއެއް ގާއިމްކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި 1،500 ޓަނުގެ މަސް ކިރޭނޭ ނިޒާމެއް ވެސް އެރަށުގައި ގާއިމްކުރައްވާނެ ކަމަށް ވދސް ވިދާޅުވިއެވެ.

އެމްއެންޕީގެ ވެރިކަމެއްގައި ވިލިނގިލީގައި ދޯނި އެހެލުމަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކޮށްދެއްވުމަށާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދީ ކޫއްޑުއާއި ބްރިޖަކުން ގުޅާލުމަ ށްވެސް ނާޒިމް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި