ރިޔާސީ އިންތިޚާބުގައި ވެވަޑަައިގެންފައިވާ ވަޢުދާއި އެއްގޮތަށް ޢަމަލު ކުރައްވާނެ ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 8 ކުންފުންޏެއގެ މެނޭޖިންގ ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާނީ އަންހެން ބޭފުޅުންކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރީންނާ ބައްދަލު ކުުރުމަށް ސޯޝަލް ސެންޓަރު ގައި ރޭ އޮތް ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
”މަދުވެގެން 8 ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާނީ އަންހެން ބޭފުޅުން.“
އެމްއެންޔޫގެ ވައިސް ޗާންސެލާ އަކަށް އަންހެން ބޭފުޅަކު އައްޔަންކުރައްވަން ނިންމަވާފައިވާއިއިރު ޕަބްލިކް ސަރވިސް މީޑީއާ ނުވަތަ ޕީއެސްއެސްއެމް ހިންގުމާއި ޙަވާލުކުރައްވާނީވެސް އަންހެން ބޭފުޅަކާއި ކަމުގައި ޑރ.މުޢިއްޒު ވިދާލުވި އެވެ. ނަމަވެސް އެއީ ކޮން ކަނބަލެއްކަމެއް އެމަނިކުފާނު ވިދާޅެއްނުވެ އެވެ.
ޑރ.މުޢިއްޒު ވިދާޅުވީ ސަރުކާރު ހިންގުމުގައި ފުރިހަަމަ ޙިއްޞާ އަންހެނުންނަށް ދޭންޖެހޭކަމުގަ އެވެ. އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެމަޖިލިސް އިންތިޚާބުގައި ވީހާގިނަ އަންހެން ބޭފުޅުން ވާދަކުރައްވައި އިންތިޚާބު ވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަަމަށްވެސް ނޫސްވެރިންގެ ގުންޒަރުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
ނޫސްވެރިންގެ ގުންޒަރުގައި ވާހަކަފުޅުދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެ ވަޑައިގެންނެވި ވަޢުދު ތަކަކީ އެކަން އެގޮތަށް ކުރައްވަން ބޭނުންފުޅުވާތީ ވެވަޑައިގެންނެވި ވަޢުދުތަކެއް ކަމުގަ އެވެ.
ޑރ. މުޢިއްޒު ވިދާޅުވީ އެކަން އެގޮތަށް ކުރެއްވުމުގެގޮތުން އައު ސަރުކާރުގައި އަންހެނުންގެ ޙިއްޞާ ކުޑަ ނުކުރައްވާނެ ކަމަށާއި ސަރުކާރު ހިންގުމުގައި އަންހެނުންގެ ޙިއްޞާ ބޮޑު ކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވެސް ޑރ. މުޢިއްޒު ވިދާޅުވި އެވެ.














1 ކޮމެންޓް
ކައްގަލުން ތިބެގެން ކަމަކުނުދާނެތޯ