Search Streamline Icon: https://streamlinehq.com

ރާއްޖޭގެ އިޤްތިޞާދު މިވަނީ، ކުއްލި އަވަސް ފަރުއާއަށް ބޭނުންވެފަ: ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

Dr.Muizzu fenvaru online

((ދިވެހިރާއްޖޭގެ އިޤްތިޞާދު މިވަނީ، ކުއްލި އަވަސް ފަރުއާއަށް ބޭނުންވެފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ވިދާޅޫވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގަ އެވެ. އެމަނިކުފާނު ތަޤްރީރުކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވައި ކުރުމުގެ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު މިވަނީ، ކުއްލި އަވަސް ފަރުވާޔަށް ބޭނުންވެފައި ކަމުގައެވެ. އަދި ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމުވެފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް އާމްދަނީ ލިބޭނެ މަގުތައް ހޯދުމަށްޓަކައި އެކަމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ނިންމައި، ޒަމާނީ އާ ޓަރމިނަލް ވަރަށް އަވަހަށް ހުޅުވައިދެއްވާނެ ކަމުގަ އެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެއާޕޯރޓް ހުޅުވުމުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެ ކަމުގަ އެވެ. އަދި މިކަމުގެ ސަބަބުން މިހާރު ރާއްޖެ އަންނަ ފަތުރުވެރީންގެ އެތައް ގުނައެއް އިތުރު ފަތުރުވެރީން ރާއްޖެ އަންނާނެ ކަމަށާއި، މީގެ އިތުރަށް، ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި