Search Streamline Icon: https://streamlinehq.com

އެމްއެންޕީއާރުސީ ރީބްރޭންޑް ކުރަން ނިންމަވައިފި

Minister of Tourism Faisal fenvaruonline

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ރީބްރޭންޑްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވީ، އެމްއެމްޕީއާރުސީ ރީ ބްރޭންޑްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމުގަ އެވެ. އަދި އެކުންފުންޏަށް މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކުރެވުނުހާ އަވަހަކަށް އެމްއެންޕީއާރުސީގެ މަސައްކަތް ރަސްމީކޮށް ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

”މިހާރު އެ ތަނަށް އެމްޑީން އެސައިން ކުރެވުނީމަ، އެ މަސައްކަތް ވެސް ފަށައިގަން ވަރަށް ބާރަށް ކުރިއަށް ގެންދާނަން، ދެން ހަމަ ވަރަށް ތަފާތުކޮށް ހަމައެކަނި މިހާރު ހުރި މާކެޓުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައ އިތުރު މާކެތައްވެސް އެކްސްޕްލޯކޮށްގެން އަޅުގަނޑުމެންނަށް މި އެރައިވަލްސް އިތުރުކުރެވިގެންދާނެ“ޓޫރިޒަމް މިނިސްޓާރ ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ހަމައެކަނި މިހާރު ހުރި މާކެޓްތަކަށް ފޯކސް ކުރުމުގެ ބަދަލުގައި އިތުރުން އެހެން މާކެޓްތައްވެސް ފޯކަސްކޮށް ރާއްޖެ އަންނަ ފަތުވެރިންގެ އަދަދު ދުވަހުން ދުވަހަށް އިތުރުކުރުމުގެ މަސައްކަތް މުޅިޓީމު އެކުގައި ގުޅިގެން ކުރިއަށްގެންދާނެ ކަމުގަ އެވެ.

ފައިސަލް ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅިގެން ވިޒިޓަރ އިކޮނޮމީ ކައުންސިލުން އެމަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގައެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށްޓަކައި ވިޒިޓަރ އިކޮނޮމިކް ކައުންސިލްގެ ނަމުގައި ޚާއްޞަ ކައުންސިލެއް ވަނީ އުފައްދަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި