Search Streamline Icon: https://streamlinehq.com

އަލަށް އުފައްދާ ސިޔާސީ ޕާޓީއާއި ގުޅެން ތައްޔާރުވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި

Raees Yameen fenvaruonline

ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤާއްޔޫމް އިސްވެ ހުންނަވައިގެން އަލައްއުފައްދަވާ ސިޔާސީ ޕާޓީގެ ލޯގޯ އެމަނިކުފާނު ފައިނަލް ކުރައްވައިފިކަމަށާއި، ހުރިހާ ބޭފުޅުން ވަރަށް ގާތުން މިކަން ބައްލަވާ އާ ޕާޓީއާއި ގުޅުމަށް ތައްޔާރު ވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމުގައި ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މަލީޙް ޖަމާލުގެ އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން އުފައްދަވާ އައު ސިޔާސީ ޕާޓީގެ ލޯގޯ ދާދި ދެންމެއަކު އެމަނިކުފާނު ފައިނަލްކުރައްވާފައިވާ ކަމުގައެވެ.

މަލީހް ވިދާޅުވީ ހުރިހާ ބޭފުޅުން ވަރަށް ގާތުން މިކަން ބައްލަވާ ރައީސް ޔާމީން އފައްދަވާ ސިޔާސީ އައު ޕާޓީއާއި ގުޅުމަށް ތައްޔާރު ވުމަކީ ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމެއް ކަމުގައެވެ.

“ ރައީސް ޔާމީން އުފައްދަވާ އާ ޕާޓީގެ އަޕްޑޭޓް: އުފާވެރި ޚަބަރު. ޕާޓީގެ ލޯގޯ ދާދި ދެންމެ އަކު ރައީސް ޔާމީން ފައިނަލް ކުރައްވައިފި. ހުރިހާ ބޭފުޅުން ވަރަށް ގާތުން މިކަން ބައްލަވާ އާ ޕާޓީއާއި ގުޅުމަށް ތައްޔާރު ވުމަށް ރައީސް އެދިވަޑައިގެންނެވި . މިއީ ޔާން ސްޕީޑް.“ މަލީހް ވިދާޅުވިއެވެ.

މަލީހް ވަނީ އޭނާކުރެއްވި އެކްސް ޕޯސްޓެއްގައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ.

މި ޕޯސްޓުގައި މަލީހު ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރައްވާފައިނުވާ ކަމަށާއި އަދި ވެރިކަމަށް ވަޑައިގެންނެވުނު ގޮތް މުޢިއްޒު ހަނދުމަފުޅު ނެތް ކަމުގައެވެ. އަދި ޑރ. މުއިއްޒުގެ ވެރިކަމުގެ ލެގިޓިމަސީ ގެއްލިއްޖެކަމަށާއި ވަގުތުން ޑރ. މުއިއްޒު އިސްތިއުފާ ދެއްވުމަށް މަލީހު ގޮވާލައްވާ ކަމަށްވެސް މަލީހުގެ އެކްސް ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

1 ކޮމެންޓް

Leave a Reply to ޢަލި Cancel reply

Your email address will not be published. Required fields are marked *


ގުޅުންހުރި