އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީގައި ނ. ވެލިދޫ ދާއިރާގެ މަޖިލިސްގޮނޑިއަށް ވާދަކުރައްވަން ނ.ވެލިދޫ އާހަމަ އަމްޖަދު ހުސައިން (އަމްޖޭ) ނިންމަވައިފި އެވެ. އަމްޖޭ މިކަން ހާމަކުރައްވާފައިވަނީ އޭނާ ކުރެއްވި އެފްބީ ޕޯސްޓެއްގަ އެވެ.
”މާތް ﷲގެ ވާގިފުޅާއެކު ނ. ވެލިދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމައިފިން. ބޭނުންވަނީ ރަށަށް ހިތްފަހިކަން. ވެލިދޫ، ޅޮހި، ފޮއްދޫއަށް މުޅި ދާއިރާއަށްހިތްފަހިކަން. ރަށާއި އަތޮޅާއި ރާއްޖެއަށް ހިތްފަހިކަން.“އަމްޖޭ ކުރެއްވި އެފްބީ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ތަޢުލީމީދާއިރާގައި ގިނަދުވަސްތަކެއްގައި މަސައްކަތްކުރައްވާ އަމްޖޭއަކީ ތަޢުލީމީ ދާއިރާއިން، ފުންނާބު އުސް ތަޢުލީމީ ދަރިންތަކެއް އުފެއްދުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމުގެ ހުނަރާއި ޤާބިލްކަން ލިބިލައްވާފައިވާ ބޭފުޅެކެވެ.
ރާއްޖޭގެ އެކި ރައްރަށުގެ ސްކޫލްތަކުގައި ޕްރިންސިޕަލްކަން ގިނަދުވަސްތަކެއްގައި ކުރައްވާފައިވާ އަމްޖޭ ކިޔަވައިދެއްވި ދަރިވަރުން ދުނިޔޭގެ ރަންވަނަތައް ވަނީ ޚާޞިލްކުރައްވާފަ އެވެ.
އަމްޖޭއަކީ ވެލިދޫ ދާއިރާ ރައްޔިތުންގެ އިތުރުން ގިނަބައެއްގެ ލޯބި ހޯއްދަވާފައިވާ ހިތްތިރި ޤާބިލް ޕްރިންސިޕަލް އެކެވެ.
މިފަދަ ޤާބިލް ބޭފުޅުން ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ވެެއްޖެނަމަ ރާއްޖޭގެ ޤާނޫނު އަސާސީއަކީ އޭގެ ސަބަބުން އަންނަންއޮތް ޖީލުތަކަށް އޭގެ ލާބަޔާއި މަންފާ ކުރާނެއެވެ.














5 ކޮމެންޓް
ޢަމްޖޭ ބެސްޓް
އަމްޖޭގެ ހިދުމަތް ވަރަށްކައިރިން ދެކުނިން އަމްޖޭއަކީ ކުރާކަމެއް ވަރަށް ފަރުވާތެރިކަމާއެކީގަ ވަރަށް ބަރާބަރަށް ކުރާ މީހެއް
މަގޭ ވޯޓް ޔަޤީން
ޝުކުރިއްޔާ ސާރ އަޅުގަނޑުމެން މިތިބީ އަމްޖަދު ސާރ އާ އެކުގަ
އަލްޙަމްދުލިއްލާހި އަމްޖަދު ހުސައިން އަކީ ވަރަށް ބަރާބަރު ބޭފުޅެއް. ފުރިހަމަ ކާމިޔާބީއަކަށް އެދެން
އަމްޖަދަކީ ވަރަށް ތެދުވެރިބޭފުޅެއް ނުވިކޭނެ ނުގަނެވޭނެ ބޭފުޅެއް ފުރިހަމަ ކާބީއަކަށް އެދެން