ނައިފަރު ދާއިރާގެ ލޮބުވެތި ރައްޔިތުންނޭ! ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތާޢީދާއި ރުހުމާއި އެއްބާރުލުމާއި އެކު ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީ ޓިކެޓުގައި ނައިފަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 1 ހައްސާނު އަލިފުޅު(ބާސް)އަކީ ނައިފަރުދާއިރާ ރައްޔިތުންގެ އުންމީދީ ކެންޑިޑޭޓުކަން ކަށަވަރެވެ. 
ބާސްއަކީ ނައިފަރު ދާއިރާ ރައްޔިތުންގެ އުންމީދުކަމުގައި ވެފައި ނައިފަރު ދާއިރާގައި އަބަދާއި އަބަދު ނުހަނު އަލިގަދަކޮށް ފިޔަ ޖަހަމުން އަންނަ ތަރިއަކީ ބާސް ކަމަށް ވީއިރު ނައިފަރު ދާއިރާގެ ލޮބުވެތި ރައްޔިތުން ބާސް އަށް ވޯޓު ނުދޭންވީ އެއްވެސް ސަބަބެއް އެބައޮތް ތޯއެވެ. ނެތްކަން ކަށަވަރެވެ.
ބާސް އަކީ އެހައިމެ ކުޅަދާނަ ނުހަނު މޮޅު ހިންގުންތެރިއެއްވެސް މެއެވެ. ނުގުޑާފަދަ ފުރިހަމަ އަޒުމެއް ހުރި ދާއިރާރައްޔިތުންގެ އުންމީދީ ހަމައެކަނި ދަރިއަކީވެސް ބާސް ކަން ޔަޤީނެވެ. ބާސްއަކީ ދާއިރާއަށް އުފާފާގަތިކަމާއި ތަރައްޤީ ގެނެސްދިނުމުގައި ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއްކަންވެސް ތިޔަ ލޮބުވެތި ރައްޔިތުން އުފަލާއި އެކު ޤަބޫލުކުރާނެކަންވެސް ކަށަވަރެވެ.
ދަންނަވަންތޯއެވެ؟ އަލިފުޅުބެގެ ނިކަމެތި ހައްސާނު ރައްޔިތުންގެ މަޖިލީހަށް މިފަހަރު އެ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގައި ތިޔަ ލޮބުވެތި ނިކަމެތިންގެ އަޑު އުފުލައި ނިކަމެތިންނަށް ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ މަތިވެރި މަޤުޞަދުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތައް ފުރިހަމަކޮށްދިނުމުގައި ހައްސާން ފަހަތަކަށް ނުޖެހޭނެއެވެ. ދާއިރާގެ ތަރައްޤީއަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ބާސް ހުންނާނީ ފިސާރި ކެރި ގެން އެކަމަކާ ކުރިމަތިލުމާސް ތައްޔާރަށެވެ.
އަޅުގަނޑުމެން އަބަދުމެ ވިސްނަންވީ ކޮން ކަމަކާތޯއެެވެ؟ މިއަދު އަޅުގަނޑުމެން ވިސްނާލަންވީ ނައިފަރު ދާއިރާއަގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި އަތްވާއި ވާރޭގައި ތެމި ފޯވެގެން ތިޔަ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި ނުހަނު ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބާސް އާއި ދޭތެރޭގައެވެ.
ޝައްކެއް ނެތެވެ. ރާއްޖޭގެ ކަންކޮޅުތަކަށް ނަޒަރުކޮށްލާއިރު ނައިފަރު ދާއިރާއަކީ މުޅި ރާއްޖެއިންވެސް ފާހަގަކޮށްލެވޭ ފަދަ ތަރައްޤީއާއި ތަޙުޒީބީ ދާއިރާއެކެވެ. މާޒީގެ ދިގު ތާރީޚަށް ނަޒަރު ހިންގާލާއިރު ނައިފަރު ދާއިރާއަށް އިންޤިލާބީ ތަރައްޤީގެ ހެޔޮ ބަދަލުތަކެއްވަނީ ގެނެސް ދެއްވާފަ އެވެ.
އަދި ކުރިމަގުގައި މިފަދަ ތަރައްޤީއާއި ކުރިއެރުން ގެނެވޭނީވެސް ސަރުކާރަށް އެއްބާރުލުން ދީގެން ސަރުކާރުން ނެރުއްވާފައިވާ ކެންޑިޑޭޓަކަށް ނޫންތޯއެވެ. މި ދެންނެވި ތަރައްޤީއާއި ތަޙްޒީބު ނައިފަރު ދާއިރާއަށް ގެނެސްދިނުމުގެ ފަހަތުގައިވަނީ ކޮން ބޭފުޅެއްތޯއެވެ؟ އެއީ ލާމަސީލު ނަމޫނާއެކެވެ. ހިތްހެޔޮކަމާއި، އޯގާތެރިކަމުން ފުރިފައިވާ ހެޔޮލަފާ ޞާލިޙް، ތެދުވެރި ވަފާތެރި އަދި ބުނާބަހުގައި ދެގޮތެއްނުވެ ހުންނަވާ އިހްސާންތެރި އެކެވެ.
އަބަދުވެސް އުފާ ފާގަތިކަމާއި، ތަނަވަސް ކަމުގެ މާހައުލަކަށް އުފަން ރައްޔިތަކު ދިރިއުޅޭ ދާއިރާއަކަށް ނައިފަރު ދާއިރާ ހައްދަވައިދެއްވުމަކީ ބާސްގެ ޢަޒުމާއި އުންމީދެވެ. ނައިފަރު ދާއިރާއަށް ފެހިފައި މާދަމާއަކަށް އިރު އުދަވާއިރު، އުފާ ފާގަތިކަމާއި ރޯޝަންކަމުން ފުރިފައިވާ އުޖާލާ މުސްތަޤްބަލެއް ހޯދައިދިނުމަށާއި، ރާއްޖެއިން ފާހަގަކޮށްލެވޭ ދާއިރާއަކަށް ނައިފަރު ދާއިރާ ހައްދަވައިދެއްވުމަށް އަބަދުވެސް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދޭނެކަމަށް ތިޔަ ލޮބުވެތި ރައްޔިތުން ޤަބޫލުކުރައްވާ ހަމައެކަނި ކެންޑިޑޭޓަކީވެސް ބަސްކަން ކަށަވަރެވެ.
ތިޔަ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރެވޭފަދަ އެކެޕޭސިޓީ ހުރި ހަމައެކަނި ކެނޑިޑޭޓަކީ ވެސް ތިޔަލޮބުވެތި ރައްޔިތުންގެ ލޯތްބާއި ރުހުމާއެކު ނިމިދިޔަ ޕްރައިމަރީ ކާމިޔާބު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި މިދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 1 ބާސް ކަމީ، މިދާއިރާގެ ލޮބުވެތި ރައްޔިތުން އުފަލާއި އެކު ޤަބޫލުކުރައްވަނެ ކަމެއްކަން ޔަޤީނެވެ.
ނައިފަރު ދާއިރާގެ ތަރައްޤީ އިތުރަށް ފުރިހަމަ ކުރުމަށްޓަައި ތިޔަބޭފުޅުންގެ އެކުވެރި ބާސް އާއެކު ސާބިތުކަމާއެކު ކުރިއަށް ވަޑައިގަންނަވާށެވެ. ނައިފަރު ދާއިރާއަށް ރޯޝަން ކުރުވަނިވި އުޖާލާ ކުރިމަގެއް ފެންނާނީ ކެންޑިޑޭޓު ނަމްބަރު 1 ހައްސާން އަލިފުޅު (ބާސް) އަސް ވޯޓު ދެއްވައިގެންނެވެ.













