ފަސް އަހަރު ދުވަހު ފަސް ބަލަން ތިބެވިއްޖެ އެވެ. ދެނެއް ފަސްބަލާކަށް ނުތިބެވޭނެ އެވެ. ވަސްވާހުގައި ނުޖެހި އަންނަ އާދީއްތަ ދުވަހު ހެނދުނު ހެނދުނާ ނުކުމެ މިކަން ނިންމާލަންވީ އެވެ. ދެކޮޅުވެރިކަމެއްނެއް އެންމެންގެ އެކުވެރި ތެދުވެރި ކެންޑިޑޭޓު ހައްސާނު އަލީފުޅަށް ވޯޓު ދެއްވައި ނައިފަރު ދާއިރާގެ ގޮނޑިއަށް ޕީއެންސީ ޓިކެޓުގައި ނައިފަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 1 ބާސް އިންތިޚާބު ކުރަންވީ އެވެ.
ބާސް އަކީ ފިސާރި ހުނަރުވެރި ކުޅަދާނަ ފަންނާނެކެވެ. ވަކި ކުލަޔަކަށް ނުވަތަ ވަކި ފިކުރަކަށް ނުބަލާނެއެވެ. ނަޒާހާތްތެރި ފަސްބައި ސާފު ނަމޫނާ ދަރިއަކަށް ވާނެއެވެ. ނައިފަރު ދާއިރާގެ ލޮބުވެތި ރައްޔިތުން އަތާ އަތްގުޅުވާލަންވީ އެވެ. ކެންޑިޑޭޓު ނަމްބަރު 1 ބާސް އިންތިޚާބު ކުރުމުގައި ފަސްނުޖެހި ކުރިއަށް ވަޑައިގަންނަވަންވީއެވެ.
ސިޔާސީ ހަތިޔާރެއްގެ ގޮތުން އެޒުވާނުން ގެންގުޅެ އޮލަކޮށް ވަށައިގެން ތެލާއި ގޮދަން ފުށް ލެއްވުމަށް ފަހު، މަގުމަށްޗަށް އެއްލައިލީ ކޮންބައެއް ތޯއެވެ؟ ކަމުގެ ޙަޤީޤަތް މިހެން ހުރިއިރު ތިޔަ ހުރިހައި ބޭފުޅުންވެސް ބާސްގެ ފަހަތަށް ވަޑައިގެންނެވުންނޫން އިތުރުގޮތެއް ނެތެއް ނޫންތޯއެވެ؟ މާޒީގައި ކަން ހިނގާފައިވާ ގޮތާއި ކަންތައްތައް ހިނގަމުން ދާގޮތަށް ބަލައި ލަސްނުކޮށް މިކޮޅަށް ވަޑައިގެން ބާސް އަށޤ ވޯޓުދެއްވުމަކީ އެންމެ ރަނގަޅުގޮތް ނޫންތޯއެވެ؟ ތިޔަބޭފުޅުންގެ ބާސް އަކީ އަބަދުވެސް ނައިފަރުދާއިރާގެ ލޮބުވެތި ރައްޔިތުންނާގުޅޭ އެކުވެރި ހިތްހެޔޮ ޒުވާނެއްކަން ދާއިރާގެ ރައްޔިތުން ޤަބޫލުކުރައްވާނެއެވެ.
ބާސް އަކީ ދުވަހަކުވެސް ބޭއިންސާފުން ކަންކަން ކުރައްވާފައިވާ ބޭފުޅެއްނޫނެވެ. ބާސްއަކީ ދުވަހަކުވެސް ދާއިރާގެ ވިންދާއި އިޙްސާސް ތަކާއި ދުރުވާނެ ކެންޑިޑޭޓެއްވެސް ނޫނެވެ. ބާސް އަކީ ދުވަހަކުވެސް ކުލަ ބަދަލުވާނެ ޒުވާނެއްވެސް ނޫނެވެ. ބާސްއަކީ ދުވަހަކުވެސް ދެގޮތެއްވާނެ ޒުވާނެއް ނޫނެވެ. ބާސް އަބަދުވެސް ތެދުވެރި ވާނެއެވެ. ބާސް އަބަދުވެސް އަމާނާތްތެރި ވާނެއެވެ. ބާސް އަބަދުވެސް ނައިފަރުދާއިރާ ލޮބުވެތި ރައްޔިތުންގެ އަޑު އަހާނެ އެވެ. ބާސް އަބަދުވެސް ނައިފަރު ދާއިރާ ލޮބުވެތި ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އަމާނާތްތެރިކަމާއިއެކު އިއްވައިދޭނެ އެވެ. ބާސް އަބަދުވެސް ނައިފަރު ދާއިރާގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލު ވާނެއެވެ. ބާސް އަބަދުވެސް ފޯނަށް ޖަވާބު ދެއްވާނެ އެވެ. ބާސް އަބަދުވެސް ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. ބާސް އަބަދުވެސް މަސްވެރިންގެ ހާލު ބައްލަވާނެއެވެ. ބާސް އަބަދުވެސް މަސްވެރިންނަށް ދަތިވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދެއްވާނެ އެވެ.
ކަން މިހެން ހުރުމާއި އެކު ނައިފަރު ދާއިރާ ތަމްސީލުކުރައްވާ މަންދޫބެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ނުވަތަ ޤާނޫނު ހަދާ މަޖިލީހަަށް ބާސް ނޫން އެހެން ގޮތެއް އެބައޮތް ތޯއެވެ؟
މިފަހަރު ޅައެއްޗެއް އަޅައިގެން ނުވާނެއެވެ. ބާސް ފަދަ ޤާބިލް ހުނަރުވެރި ޒުވާނަކު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ގޮނޑިއަށް އިންތިޚާބު ކުރުމަށް ދާއިރާގެ ކުދިބޮޑު އެންމެން އަތުކުރި އޮޅާލައި އަރުވާޖަހައިގެން ނުކުންނަވީ ވަގުތު މިއޮތީ ކުޑަތަންވެފައެވެ.
ތިޔަބޭޅުންގެ ކެންޑިޑޭޓު ހައްސާން ޢަލީފުޅު ކެންޑިޑޭޓު ނަމްބަރު 1 އިންތިޚާބު ކުރުމަށް ދާއިރާ ރައްޔިތުން އެއް ރޫހެއްގައި އެއް ޢަޒުމެއްގައި ހިތާއި ރޫހުން މަސައްކަތް ކުރުމަކީ މިއަދާއި މާދަމާއަށް ޓަކައި ކުރެވޭ ފޮނި އުންމީދުގައި ކުލަ ޖެހިގެން ދާނެކަމެއްކަން ޔަޤީނެވެ.
މިފަހަރު ނައިފަރު ދާއިރާ ޒުވާނުންގެ ކެންޑިޑޭޓަކީ ހައްސާނު އަލީފުޅު (ބާސް)އެވެ. ފަސްނުޖެހި ލަސްނުކޮށް ކެންޑިޑޭޓު ނަމްބަރު 1 ބާސް އަށް ވޯޓުދެއްވާށެވެ













