”މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ“ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް ރައީސުލްޖުމްހޫރިއްޔާ، އައްޔަން ކުރައްވާފައިވަނީ އަޙްމަދު ނަޝީދު އެވެ. މި މަޤާމަށް އެމަނިކުފާނު ޢައްޔަނުކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަޤާމާއި އެއް ފެންވަރުގައެވެ.
އަޙްމަދު ނަޝީދު މި މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ހުންނެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމުގައެވެ.
އަޙްމަދު ނަޝީދު ވަނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ.
އަޙްމަދު ނަޝީދަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއިން މާސްޓަރ އޮފް އިންޖިނިއަރިންގ ސައިންސް (ރިނިއުބަލް އެނަރޖީ އިންޖިނިއަރިންގ) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.













