Search Streamline Icon: https://streamlinehq.com

ރަނިންމޭޓުން ކޮބާ؟

Maldives Elections Preview 63555.jpg
Advertisement

ރާއްޖޭގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، ރިޔާސީ އިންތިހާބުގެ ވާދަވެރިކަންވެސް އަންނަނީ ފުޅާވެ، ބޮޑުވަމުންނެވެ. އިންތިހާބުގައި ވާދަކުރަން ނިންމާ ގިނަ ކެންޑިޑޭޓުންތަކެއްވަނީ ކެމްޕެއިންފަށާފައެވެ. އަތޮޅުތެރެއާއި ވެރިރަށް މާލެގައި ކެމްޕެއިން ހަރަކާތްތައް ވަނީ ފަށާފައެވެ. އިންތިހާބުގެ ވަގުތު ކުޑަތަންވަމުން އަންނަނީއެވެ. އެހެންނަމަވެސް އުފެދޭ ސުވާލެއް އެބައޮތެވެ. ރަނިންމޭޓް ކޮބާ ހެއްޔެވެ؟

ރިޔާސީ އިންތިހާބުގައި މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލީހް އާއި އިދިކޮޅު ކެންޑިޑޭޓް ރައީސް ޔާމިންގެ އިތުރުން ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް، މަޖިލިސް މެމްބަރ އިލިޔާސް ލަބީބު ވާދަކުރައްވަން ވަނީ ނިންމާފައެވެ.

އިބްރާޙިމް މުޙައްމަދު ޞާލިޙް

ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާނެކަން ޢާންމު ކުރައްވާ، އެމަނިކުފާނު ނިސްބަތްވެ ވަޑައިނަވާ އެމްޑީޕީގެ ތެރޭގައި ޕްރައިމެރީއެއް ބާއްވަވާ، އެ އިންތިހާބު ވަނީ ކާމިޔާބުކުރައްވާފައެވެ. އަދި އެންމެ ފުޅާގޮތެއްގައި ކެމްޕެއިން ފައްޓަވާ، ކެމްޕެއިން ދަތުރުތައްކުރައްވަން ވަނީ ފައްޓަވާފައެވެ. އެތައް ވަޢުދުތަކެއް ވަމުންދާއިރު، އަދިވެސް ރިޔާސީ އިންތިހާބުގައި އެކުގައި ނިކުންނަވާނެ ރަނިންމޭޓަކީ ކޮބައިކަން ރަސްމީކޮން އިޢުލާން ކުރައްވާފައެއްނުވެއެވެ. ނަމަވެސް ނާއިބު ރައީސް ފައިސަލް ފިޔަވައި އިތުރުބޭފުޅަކު ފާޅުކަންބޮޑުގޮތެއްގައި ޝައުގުވެރިކަން ފާލުކޮށްފައެއްނުވެއެވެ. ރަނިންމޭޓަކު ނެގުމަށް ދަތިތަކެއް ހުރީ އަރިހުގައި އިންތިހާބުގައި އެކުގައި ނިކުންނެވުމުގެ ޝައުގުވެރިކަން ހުރި ބޭފުޅުން ގިނަވުމުން ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އެގޮތުން ކޯލިޝަން ހަދާފައިވާ އެމްޑީއެން ގެ ލީޑަރ ޝިޔާމް، ރީކޯ މޫސަ، ރައީސްގެ އެންމެ އަރިސް ވަޒީރު ފައްޔާޒު އިސްމާއިލް ހިމެނޭހެން މިބޭފުޅުން ރަނިންމޭޓަކަށް ޝައުގުވެރިކަން ހުންނެވިކަމަށް އަޑުތައް އަންނަނީ ފެތުރެމުންނެވެ.

އަބްދުﷲ ޔާމީން ޢަބްދުލް ޤައްުީމް

ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްއިން ވާދަކުރައްވާނެ ކެންޑިދޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ނިންމާ އެކަނިކުފާނަށް ޓިކެޓް ހަވާލުކުރެއްވިފަހުން، ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކުރަމުން އަންނަ ކަރަޕްޝަންގެ އެކި ތުހުމަތުތަކުގެ ތެރެއިން މަނީލޯޑަރިންގެ ތުހުމަތުގައި ވަނީ ޖަލަށް ލާފައެވެ. އަދި އިދިކޮޅުން އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށައަޅާފައިވީ ނަމަވެސް އެކަމަށް އަދި ވަނީ އަލިމަގެއް ނުފެނިއެވެ. އެހެންކަމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން އެނގެން އަންނަނީ ކޯޓުން އަމަލުކުރާނެ ގޮތަކުންނެވެ. އެހެންކަމުން އަދި ރިޔާސީ ކެންޑިޑޭޓެއް ކަށަވަރު ނުވާއިރު ރަނިންމޭޓަކު އަދި ވީހިސާބެއް ލަފާކޮށްލަން ނޭގެއެވެ.

ކާނަލް މުޙައްމަދު ނާޒިމް

Advertisement

މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) އިން ވާދަކުރައްވާ ކެންޑިޑޭޓަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ މުޙައްމަދު ނާޒިމް( ކާނަލް ނާޒިމް) އެވެ. ނާޒިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާ ރަސްމީކޮން ކެމްޕެއިންގެ މަސައްކަތް ”އުޖާލާ ޒަމާން“ މި ސްލޯގަން ގެ ދަށުން ވަނީ ފަށާފައެވެ. އަދި ”ތޭވީހުގެ ތޭވީސް“ ގެ ނަމުގައި މެނިފެސްތޯވެސް ވަނީ އިޢުލާން ކުރައްވާފައެވެ. އެހެންނަމަވެސް އަދާ ހަމައަށްވެސް އެމަނިކުފާނުގެ ރިޔާސީ ބައިވެރިއަކީ ކޮން ބޭފުޅެއްކަން އަދިވެސް ހާމަކުރައްވާފައެއް ނުވެއެވެ. އަދި އެކަމަށް އެ ޕާޓީގެ ތެރެއިން ޝައުގުވެރިކަން އެއްވެސް ބޭފުޅަކު ފާޅުކޮށްފައިވެސް ނުވެއެވެ.

ފާރިޝް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، ރަސްމިކޮށް ކެމްޕެއިން ހަރަކާތްތައް އަދި ފަށާފައެއް ނުވެއެވެ. އެމަނިކުފާނުގެ އެއްބަޑު ބޭފުޅުންގެ ތެރެއިން ޣައްސާން މަޢުމޫން ހުންނެވީ އިދިކޮޅު ޕީޕީއެމްގައި އެމަނިކުފާނުގެ ބޮޑުބޭބޭފުޅު ރައީސް ޔާމީންގެ ފަހަތްޕުޅުގައެވެ. އަދި ދުންޔާ މަޢުމޫން ހުންނެވީ އެމްއެންޕީ ގެ ނާއިބު ރައީސް ގެ މަގާމުގައި، ކާނަލް ނާޒިމްގެ ފަހަތްޕުޅުގައެވެ. ފާރިޝްގެ ވެސް ރަނިންމޭޓަކީ ކޮބައިކަން އަދި އިއުލާނެއް ނުކުރެއެވެ.

އުމަރު ނަސީރު

ޕީޕީއެމްގެ ވެރިކަމުގައި ހޯމް މިނިސްޓަރ ކަން ކުރައްވާފައި ހުންނެވި ޢުމަރު ނަސީރަކީ ރިޔާސީ އިންތިހާބުގައި މީގެ ކުރިންވެސް ވާދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ އިއޫލާން ކުރެއްވި އެއްބޭފުޅާއެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާފައިވާއިރުވެސް މިހާތަނަށް އިންތިހާބުގައި އެމަނިކުފާނުގެ ރަނިންގމޭޓަކީ ކޮބައިކަން ހާމަކުރައްވާފައެެއްނުވެއެވެ.

ޤާސިމް އިބްރާޙިމް

ސިޔާސީ މައިދާނުގައި ތަފާތު ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ވިޔަފާރިވެރިޔާ އޮނަރަބަލް ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާން ނިންމާފައިވަނީ އެމަނިކުފާނުގެ ޕާޓީ ޖޭޕީގެ ފަރާތުން ނެވެ. ކުރިން ދެ އިންތިހާބެއްގައި ވާދަކުރައްވާ ނާކާމިޔާބު ވިނަމަވެސް، ކޮންމެ ވެރިކަމެއްގައި ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ޤާސިމް ހުންނަވައެވެ. މިފަހަރުވެސް އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރެއްވީވެސް މި ސަރުކާރުގެ ކޯލިޝަންގައި ހުންނަވާފައެވެ. އަދި ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފައްޓަވާފައިވާއިރު ރަނިންމޭޓަކު އިއުލާން ކުރައްވާފައެއް ނުވެއެވެ.

އިލިޔާސް ލަބީބް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އިލްޔާސް ލަބީބް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް ގެ ފަރާތުން ވާދަކުރައްވާނެކަމަށް ބެލެވެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މާލިމީ ކަމުގެ ދަށުން އުފައްދާފައިވާ ޑިމޮކްރެޓްސް ގެ ރިޔާސީ ޓިކެޓަށް ހުޅުވާލި ފުރުސަތުގައި އިލްޔާސް ފިޔަވައި، އިތުރު ބޭފުޅަކު ކުރިމަތި ލާފައެއް ނުވެއެވެ. އަދި އިލްޔާސަކީ ޒުވާން ޤާބިލް ބޭފުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކީ އިލްޔާސްކަމަށް ނިންމުމުގެ ބާރުލިބެއެވެ. އެހެން ނަމަވެސް އެޕާޓީންވެސް ރަނިންމޭޓަކީ ކޮބައިކަން އަދި ދައްކާފައި ނުވެއެވެ. އެންދީޕީޣެ ރިޔާސީ ޓިކެޓް ޕްރައިމެރީގައި ނާކާމިޔާބު ވުމުން ޕާޓީ ދޫކުރައްވާ، ޑިމޮކްރެޓްސް އުފައްދާ ސިޔާސީ ހަރަކާތްތައް ފަސާފައިވމުން، ރައީސް ނަޝީދު ރަނިންމޭޓަކަށް ނިކުންނަވާނެކަމަށް ގިނަބަޔަކު ޤަބޫލް ކުރެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ސެޕްޓެންބަރ 9 ގައި އޮންނަ އިރު، އިންތިހާބުގެ ކެމްޕެއިންނަށް މިހާކުޑަ ވަގުތުކޮޅަކަށް ވެފައިވާއިރު ރަނިންމޭޓުން އެގެންޖެހެއެވެ. ސަބަބަކީ ރަނިންމޭޓުންނަކީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ ނާއިބުރައީސްގެ މަގާމުގައި ހުންނަވާނެ ބޭފުޅާއެވެ. ރާއްޖޭގެ ވެރިކަމަށް މީހަކު އައްޔަން ކުރަން ވޯޓުލާއިރު ތިމާއަށް ވޯޓު މިދެވެނީ ކޮންބަޔަކަންކަން އެގެން ބޭނުންވާނެއެވެ. ފަހަރެއްގައިވެސް ބައިވަން ގެޓްވަން ގެ އުސޫލެއް ރައްޔިތުން ބޭނުމެއްނުވާނެއެވެ. ރަނިންމޭޓަކީ ރައީސް ނެތިއްޖެ ހާލަތެއްގައި އެ ޒިންމާ ނެގޭނެ މީހެއްތޯ ނޫންތޯވެސް ފިސާރި ރަގަޅަށް ރައްޔިތުން ބަލަންބޭނުންވާނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި